ރ. މުރަވަންދޫން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއް ރީތިބީޗު ރިސޯޓުގެ އިރުދެކުނުން އޮންނަ ބ.ވަންދޫމާފަރަށް ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ، ރޭ ދަންވަރު 1:55 ގައި ހިނގުމާއެކު އެމްއެންޑީއެފް ޑަރިވަރުން ގޮސްފައިވާ ކަމަށާއި ފަރަށް އެރި 98 ފޫޓުގެ “ޑީ ބުލޫ ކެރިއާ” އަކީ ސަޕްލައި ދޯންޏެއް ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ހިނގިއިރު އެ ދޯނީގައި 4 މީހުން ތިބިއިރު އޭގެ ތެރޭގައި 3 ބިދޭސީންނާއި ދިވެއްސަކު ހުއްޓެވެ. ނަމަވެސް ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.
މި ދޯނި ފުންކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީތެރިކަމާއެކު ދޯނީގެ ވެރި ފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގެ އެހީގައި ދޯނި ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.