ސެމީގެ ފަހު ދެ ޖާގަ ފިނޮޅާއި އަނަންތަރާ އަށް

އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މިލައިދޫ އައިލެންޑް މޯލްޑިވްސް އަތުން 6-1 އިން ފިނޮޅު ރިސޯޓް މޮޅުވުމުން އެ ޓީމާއި އަނަންތަރާ ކިހަވައް ވިލާސް އަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބިއްޖެ އެވެ.

ގްރޫޕް ބީ އިން މުބާރާތުގެ ސެމީ ފައިނަލުން ފިނޮޅު އާއި އަނަންތަރާގެ އިތުރުން ގްރޫޕް އޭ އިން ޖާގަ ލިބުނީ ދުސިތު އާއި ސޮނެވާފުށި ރިސޯޓަށެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފިނޮޅުގެ މުހައްމަދު ނިޒާމް ތިން ލަނޑު ޖެހިއިރު މުހައްމަދު ރީހާން، ސިރާތު އަބްދުލްއަޒީޒު އަދި އުނެއިސް ޒުބައިރު މިއިން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖެއްސެވެ. މިލައިދޫގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ބައްސާމު އެވެ.

ފުރަތަމަ ސެމީ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ކުޅޭނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީ ފައިނަލުގައި ކުޅޭނީ ގްރޫޕް ބީގެ ދެ ވަނަ ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ޓީމާ އެވެ. ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމު އެނގޭނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމުންނެވެ.

މިއަދުގެ މެޗުގައި ފިނޮޅާއި މިލައިދޫ ކުޅެނީ

މީގެ ކުރިން އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާޓް ކްލަބް ކޮމްބިނޭޝަނުން ބޭއްވި ނަމަވެސް ފާއިތުވި ދެ އަހަރު މި މުބާރާތް ބާއްވާފައިވަނީ އޭދަފުށީ ޒުވާނުންގެ ކްލަބުންނެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރި ސޮނެވާފުށި ރިސޯޓް އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ސޮނެވާ ބަލިކޮށް ތަށި އުފުލާލީ ދުސިތް އިންނެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ ގްރޫޕް އޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ވައްކަރު މޯލްޑިވްސް އާއި ދުސިތު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.