ކިހާދޫ ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު ހުޅުވައިފި

ބ.ކިހާދޫ: އޮގަސްޓް 9، 2018: ކޯސްޓްލައިން ފައުންޑޭޝަން އިން ބ.ކިހާދޫގައި ގާޢިމްކުރި ޓްރެއިނިން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް).—ފޮޓޯ: ހުސައިން ވަހީދު /މިހާރު

ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު، ބ. ކިހާދޫގައި އިއްޔެ ހުޅުވައިފި އެވެ.

ކޯސްޓްލައިން ފައުންޑޭޝަނުން ގާއިމްކުރި، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ހުޅުވައިދެއްވީ، އެރަށުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މި ސެންޓަރުން ޒުވާނުންނަށް އިތުރު އުއްމީދުތަކެއް ލިބިގެންދާނެ ކަމަށެވެ.

ސްޓްލައިން ފައުންޑޭޝަން އިން ބ.ކިހާދޫގައި ގާޢިމްކުރި ޓްރެއިނިން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ޓިވެކަށް ވަޑައިގަތުމުން އެރަށުގެ ކުޑަކުއްޖަކު މަރުހަބާކިޔަނީ.—ފޮޓޯ: ހުސައިން ވަހީދު /މިހާރު

އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަދި ގުޅިފައިވާ އެހެނިހެން ދާއިރާތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއެރުވުމަށް އެންމެ މުހިއްމު ކަމަކީ އިންސާނީ ވަސީލަތްތައް ބިނާކުރުން ކަމަށާއި އެގޮތުން ކޯސްޓްލައިންގެ އަގު ބޮޑު ހަދިޔާއަކީ، އެކަމަށް އެޅިގެންދާ ވަރަށް މުހިއްމު ބިންގަލެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދެ ލައްކަ އަށް ވުރެ ބޮޑު އަކަފޫޓުގެ ބިމެއްގައި ގާއިމްކޮށްފައިވާ މި ސެންޓަރުން ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ކޯސްތަކުގައި 12 އަތޮޅަކުން 50 ދަރިވަރުން އަންނަނީ މިހާރު ހިލޭ ކިޔަވަމުންނެވެ.

ޓިވެކްގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް ވިދާޅުވީ އެ ސެންޓަރު އަމާޒުކޮށްފައިވަނީ، ރަސްމީ ތައުލީމް ނުނިންމާ ނުވަތަ ސެޓްފިކެޓެއް ނެތް ޒުވާނުންނަށް ކަމަށެވެ.

ކޯސްޓްލައިން ފައުންޑޭޝަން އިން ބ.ކިހާދޫގައި ގާޢިމްކުރި ޓްރެއިނިން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް)ގެ ގޯތިތެރެ.—ފޮޓޯ: ހުސައިން ވަހީދު /މިހާރު

ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފެށިކަމުގައި ވިއަސް، ކުރިމަގުގައި އެޑްވާންސް ސެޓްފިކެޓްގެ ކޯސްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޒީފް ވިދާޅުވި އެވެ.

ދަރިވަރުން ހިލޭ ތިބުމަށް އެ ތަނުގައި ދަނާލެއް އަޅާފައިވާއިރު ކެއުން ވެސް ހަމަޖައްސައިދޭނީ އެ ސެންޓަރުންނެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭނީ ކަމާ ގުޅޭ ދާއިރާގެ ބޭރުގެ ތަޖުރިބާކާރުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.