ގްރާސް ރޫޓް ކޯޗިން ކޯސް ފަށައިފި

އޭދަފުށީގައި ކުރިއަށްދާ ގްރާސްރޫޓް ކޯޗިން ކޯހުގެ ތެރެއިން

ބާރަ އަހަރުން ދަށުގެ ކުޑަ ކުދިންނަށް ފުޓްބޯޅަ ކުޅެން ދަސްކޮށްދީ ޑިސިޕްލިން ކުރުމަށް ހިންގާ ގްރާސް ރޫޓް ކޯޗިން ކޯހެއް އެފްއޭއެމުން އޭދަފުށީގައި ފަށައިފި އެވެ.

ކްލަބް އޭދަފުއްޓާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ ގުޅިގެން އޭދަފުށީގައި ކުރިއަށްގެންދާ މި ކޯސް ކުރިއަށް ގެންދަނީ ފީފާގެ އެހީތެރިކަމާއެކު އެވެ.

މި ޕްރޮގްރާމުގެ ބޭނުމަކީ ކުޑަކުދިން ފުޓްބޯޅައަށް އަހުލުވެރިކޮށް، ތަމްރީނުތައް ފޯރުކޮށްދިނުމެވެ.

ގްރާސް ރޫޓް ކޯޗިން ކޯހުގައި ތަމްރީން ކުރާ ކޯޗުން ކޮންމެހެން ފުޓްބޯޅައިގެ ހުނަރު ހުންނަ ބަޔަކަށް ވާކަށް ނުޖެހެއެވެ. ދެ ޖިންސުގެ މީހުންނަށް މި ކޯހުގައި ބައިވެރިވެވޭނެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯގުގެ ތެރެއިން ކުޑަކުދިންގެ ފުޓްބޯޅަ ފެސްޓިވަލެއް ވެސް ކުރިއަށް ގެންދާނެ އެވެ.

ފީފާގެ އެހީތެރިކަމާ އެކު ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާފައިވާ ގްރާސްރޫޓް ޕްރޮގްރާމްތަކުގެ ސަބަބުން ފާއިތުވި 10 ވަރަކަށް އަހަރުތެރޭ ބައިލައްކަ އަށްވުރެ ގިނަ ކުޅުންތެރިން ފުޓްބޯޅަ އަށް ނެރެދީފައިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ދާދިފަހުން އެފްއޭއެމް އިން ވަނީ އައްޑޫގައި ވެސް ގްރާސްރޫޓް ލެވެލް ކޯޗިން ކޯހެއް ހިންގައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.