މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ބ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ހިސާބުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 5:30 އިން ފެށިގެން މިރޭ 11:30 އާ ދެމެދަށެވެ
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އެގޮތުން ގަޑިއަކު 23 މޭލާއި 29 މޭލަށް ވައިގަދަ ވާނެކަމަށް އެ އިދާއިރާއިން ވަނީ ލަފާކޮށްފައެވެ. ނަމަވެސް ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިޔަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައެވެ.
އެއިދާއިރާއިން ބުނެފައިވަނީ ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައަކީ މިސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމުގައެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.