ފަސްޓް ލޭޑީ ފާތުން ތުޅާދޫއަށް ވަޑައިގެންނެވުމުން އަޑުއުފުލައިފި

ފަސްޓް ލޭޑީ ތުޅާދޫއަށް ވަޑައިގަތުމުން އެރަށު ބަޔަކު ހިޔްހަމަނުޖެހުން ފާޅުކޮށް އަޑުއުފުލަނީ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބ. ތުޅާދޫއަށް މިއަދު ވަޑައިގަތުމުން އެ ރަށުގެ ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށް އަޑުއުފުލައިފި އެވެ.

މިއަދު ހަވީރު ހައެއް ޖަހާކަށްހާއިރު މެޑަމް ފާތުން އެ ރަށަށް ވަޑައިގަތީ ބ. އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅުގައި ތުޅާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރަށުގެ ހާލަތު ދެނެގަތުމަށެވެ.

ފަސްޓް ލޭޑީ ފާތުން ތުޅާދޫއަށް ވަޑައިގެންނެވިތަނާ އެމްޑީޕީގެ ސަޕޯޓަރުން ވަނީ އަޑުގަދަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ރައީސް ޔާމީނުގެ އިސްތިއުފާ އަށް ގޮވާފައި ފަސްޓް ލޭޑީއަށް ނިސްބަތްކޮށް އެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ.

ފަސްޓް ލޭޑީ ފާތުން އާ ދެކޮޅަށް އެ ރަށުގައި ހިތްހަމަނުޖެހުން ފާޅުކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެކަމަނާގެ އަރިހުގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ބައިވެރިވެވަޑައިގަންނަވަ އެވެ.

ފަސްޓް ލޭޑީ ފާތުން ބ. އަތޮޅުގެ 13 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ތޫޅާދޫގެ އިތުރުން ކަމަދޫ އަދި ކެންދޫ އަށް ވެސް ވަނީ ވަޑައިގެންފައެވެ. އޭދަފުއްޓަށް ވަޑައިގަންނަވާނީ މާދަމާ ހަވީރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.