މެޑަމް ފާތުން އަށް އޭދަފުށިން ބޮޑު ތަރުހީބެއް!

ރައީސް ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެކަމަނާ އަށް މަރުހަބާ ކިޔަނީ. – ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން އެކަމަނާ އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ޕީޕީއެމްއަށް ބޮޑު ތާއީދެއް އޮންނަ މިރަށަށް މިއަދު ހަވީރު 5:00 ހާއިރު ފަސްޓް ލޭޑީ ވަޑައިގަތުމުން، މަރުހަބާ ދެންނެވުމަށް ބަނދަރު މައްޗަށް އެއްވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުން ތިބި ކަން ފާހަގަ ކޮށްލެވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފަސްޓް ލޭޑީއާ އެކު ސެލްފީ ނަގައި ވެސް ހެދި އެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެކަމަނާ އަށް މަރުހަބާ ކިޔަނީ. – ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

މިއީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިފަހުން މެޑަމް ފާތުން އޭދަފުއްޓަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އޭދަފުއްޓަށް ވަޑައިގެން އެކަމަނާ އެންމެ ފުރަތަމަ ވެސް ބައްދަލުކުރެއްވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއެވެ. އެއަށްފަހު އެކަމަނާ ވަނީ ރަށުގެ ޒުވާނުންނާއި، ކަނބަލުންނާއި، އިސްރަށްވެހިންނާ ބައްދަލުކުރައްވާ އެބޭފުޅުންގެ ޝުއޫރުތައް އަޑުއައްސަވާފައެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން، މަރުހަބާގެ ލަވައެއް ހުށަހަޅައިދެނީ. – ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ޒުވާނުންނާއި އިސްރައްވެހިންގެ ޝުއޫރުތައް؛
• ތާރުއެޅުމަށް ދެ މަގެއް އިތުރުކޮށްދިނުން
• ފުޓްސަލް ދަނޑު (މެޓް ދަނޑު) ބޮޑުކޮށް ޓާފު އަލައިދިނުނއ
• މޫދަށް އެރި އުޅޭނެ ސަރަހައްދެއް ތަރައްގީކޮށްދިނުން

ފަސްޓް ލޭޑީ ފާތުންގެ އަރިހުގައި، މި ދަތުރުފުޅުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުރުން ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީ އާ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެކަމަނާ އަށް މަރުހަބާ ކިޔަނީ. – ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ރައީސް ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެކަމަނާ އަށް މަރުހަބާ ކިޔަނީ. – ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ފަސްޓް ލޭޑީގެ އެންމެ ބޮޑު އަމާޒަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ މުހުތާދުތައް އޮޅުން ފިލުއްވައި، ވެދެއްވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި، އިޖުތިމާއީ ރޮނގުން، އެއްވެސް އަންހެން ބޭފުޅަކު ނުކުރައްވާ މަސައްކަތް ފަސްޓް ލޭޑީ ފާތުން ކުރައްވާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެކަމަނާ އަށް މަރުހަބާ ކިޔަނީ. – ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ރައީސް ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެކަމަނާ އަށް މަރުހަބާ ކިޔަނީ. – ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ބ. އަތޮޅަށް ފަސްޓް ލޭޑީ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެކަމަނާ މިހާތަނަށް މިއަތޮޅުގެ 10 ރަށަކަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެކަމަނާ މާލެ ވަޑައިގަންނަވާނީ މާދަމާ ގޮއިފުޅަ ފެހެންދޫ އަށް ވަޑައިގެންނެވުމަށްފަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.