ބޮޑު އީދުދުވަހު އޭދަފުށީގައި ކަލާ ފެސްޓިވަލެއް

އީދާ ގުޅުވައިގެން މާލޭގައި ބޭއްވި ފެންކުޅި އާއި ކުލަޖެހުމުގައި ޒުވާނެއްގެ ގަޔަށް ކުލަ އަޅަނީ. ފޮޓޯ/ މިހާރު

ކުރިއަށް އޮތް ބޮޑުއީދު ދުވަހު ކުލަޖެހުމުގެ ތަފާތު ކުޅިވަރުތަކާއެކު އޭދަފުށީގައި ކަލާ ފެސްޓިވަލެއް ކުރިއަށް ގެންދަން، ޒުވާނުންތަކެއް އިސްކޮށް ތިބެ ހިންގާ ވެސްޓް ވިންގްސް ޖަމިއްޔާ އިން ތައްޔާރުވެއްޖެ އެވެ.

ވެސްޓް ވިންގްސް އިން ބުނި ގޮތުގައި އީދު ދުވަހު ހަވީރު 16:00 އިން އިރުއޮއްސި 18:30 އަށް ކުރިއަށްގެންދާ “ވެސްޓް ވިންގްސް ކަލާ ފެސްޓިވަލް” ހަރަކާތުގައި ބައިވެރިވެވޭނީ މިކަމަށް ހާއްސަކޮށްފައިވާ ޓީޝާޓެއް ލައިގެންނެވެ. 90 އިންސައްތަ ޓީޝާޓް މިހާރު ވަނީ ވިކިފައިކަމަށް ވެސްޓް ވިންގުން ބުނެއެވެ.

ކަލާ ފެސްޓިވަލުގެ އިސްތިހާރު

ވެސްޓް ވިންގުން ބުނި ގޮތުގައި އެ ޖަމިއްޔާ އާއި ބަނަފްސާ ކަންމަތި (ބީކޭ ) ގްރޫޕް ގުޅިގެން އޭދަފުއްޓަށް މުޅިން އަލަށް ތައާރަފް ކުރެވޭ މި ފެސްޓިވަލް ކުރިއަށް ދާނީ ތަފާތު އެތައް އިވެންޓަކާ އެކު ގިނަ ބައެއްގެ ބައިވެރިވުމާ ވެސް އެކުއެވެ.

“މި ފެސްޓިވަލްގައި ކުލަ ޖެހުމުގެ ތަފާތު ކުޅިވަރުތަކާ ލައިވް ޑީޖޭ ވެސް ކުރިއަށް ދާނެ. އަޅުގަނޑުމެންގެ ބޭނުމަކީ މި ފެސްޓިވަލާ އާއެކު ތަފާތު ގޮތަކަށް އެންމެންނަށްވެސް އީދު މަޖާ ކޮށްލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން.” ވެސްޓް ވިންގްސް އިން ބުންޏެވެ.

“އާއިލާ އާއި އެކުވެރިންނާ އެކު އީދު ފާހަގަކޮށްލައި މަޖާކޮށްލަން ވަރަށް ރަނގަޅު ހަރަކާތެއް މިއީ.”

މި ފެސްޓިވަލް އޮންނާނީ ސަންސެޓް ބީޗް ސަރަހައްދުގަ އެވެ.

ކަލާ ފެސްޓިވަލްގަިއ ބޭނުންކުރާ ޓީޝާޓް

މި ފެސްޓިވަލް ސްޕޮންސާ ކޮށްފައިވަނީ ރެޑްވޭވް އިންނެވެ. ކޯ ސްޕޮންސަރުންނަކީ ބެއްލާ ވިސްޓާ ރެސްޓޯރަންޓާއި ފްރެންޑްމީ އެވެ. މީޑިއާ ޕާޓްނަރަކީ އޭދަފުށީ ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.