އީދު ނަމާދުގެ ބޮޑު ޖަމާއަތް މިފަހަރު ފުޓްބޯޅަ ދަނޑުގައި

މިދިޔަ ފިތުރު އީދުގެ ނަމާދުގެ ބޮޑު ޖަމާއަތް ސްޓޭޑިއަމުގަިއ ކުރަނީ. މިފަހަރު އޭދަފުށީގައި ވެސް އީދު އޮންނާނީ ބޮޑު ޖަމާއަތުގައި—ފޮޓޯ/މިހާރު

މޫސުން ރަނގަޅު ނަމަ މާދަމާ ބޮޑު އީދު ނަމާދު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގައި ކުރަން ނިންމާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން މިއަދު ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވެ، ފުޓްބޯޅަ ދަނޑުގައި ނަމާދުކުރާގޮތަށް ހަމަޖެއްސީ ފޭލި ޖަމިއްޔާ އިސްވެ، ރަށު ކައުންސިލާ ގުޅިގެންނެވެ.

އެހެންވެ މިރަށުގައި މީގެ ކުރިން އީދު ނަމާދު ކުރާ ދެ މިސްކިތުގައިވެސް މިފަހަރު އަޟްހާ އީދު ނަމާދު ނުކުރާނެ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

“މޫސުން ގޯސް ވެއްޖެނަމަ ކުރިއެކޭ އެއްގޮތަށް ދެ މިސްކިތުގައި ވެސް އީދު ނަމާދު ކުރާނެ، އެހެން ނޫނީ އޮންނާނީ ބޮޑު ޖަމާއަތުގައި، ކައުންސިލުން ބުންޏެވެ.

ފޭލި ޖަމިއްޔާގެ ނައިބް ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ކައުންސިލާއި އެ ޖަމިއްޔާ އާއި ވާހަކަ ދައްކައިގެން އެގޮތަށް ނިންމީ ވީހާ ވެސް ގިނަ ބަޔަކު އެއް މައިނަދާކަށް ޖަމާވެ، އަޟްހާ އީދު ނަމާދު މި ފަހަރު ކުރާ ގޮތަށް ނިންމުމާ ގުޅިގެން ކަމަށެވެ.

“މިއީ ވަރަށް މާތް މަގުސަދެއްގައި ކުރާ ކަމެއް. ބޭނުމަކީ ވީހާ ވެސް ގިނަ ބަޔަކު އެއް ތަނެއްގައި އީދު ނަމާދުކޮށް ސަލާންގަލާންކޮށް ހަދައި އެއްބައިވަންތަކަން އާލާ ކުރުން. އަޅުގަނޑުމެން ލަފާ ކުރަނީ މަދުވެގެން ހާހެއްހާ މީހުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ކަމަށް، މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ފޭލި ޖަމިއްޔާއިން ބުނީ ނަމާދަށް ދާ އަންހެނުންނާއި ފިރިހެނުންނަށް ދަނޑަށް ވަނުމަށް ހާއްސަ ގޭޓުތަކެއް ކަނޑައަޅާފައި ހުންނާނެ ކަމަށެވެ. އަދި ވަކިން ނަމާދުކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސާފައި ހުންނާނެ ކަމަށް ފޭލިން ބުންޏެވެ.

މީގެ އިތުރުން ޓްރެފިކް ލުއި ކުރުމަށް ފައިމަގުގައި ނަމާދަށް ދިޔުމަށް އެދޭ ކަމަށާއި އުޅަނދު ޕާކުކުރުމަށް، ވަކި ތަނެއް ހާއްސަކޮށްފައި ވާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

ފަހަކަށް އައިސް ރަށްރަށުގައި ވެސް އާއްމުކޮށް އީދު ނަމާދު ކުރަނީ ހުސް ސަރަހައްދުތަކުގައި ބޮޑު ޖަމާއަތުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.