އޭދަފުށީގެ އިތުރު ދެ މަގެއްގައި ތާރު އަޅަނީ

ތާރު އެޅުމަށް އޭދަފުށީ މަގުހެދުމުގެ މަސައްކަތް ކުރަނީ. މި ޕްރޮޖެކްޓަށް އިތުރު ދެ މަގެއް މިހާރު ވަނީ އިތުރުކޮށްފައި– ފައިލް ފޮޓޯ

ބ. އޭދަފުށީގެ ބޮޑެތި މަގުތައް ތާރު އަޅައި ޒަމާނީ ފެންވަރަކަށް ހެދުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން، އިތުރު ދެ މަގެއް ހަދައި ތާޜު އަޅަން ނިންމާފައިވާ ކަމަށް މިރަށު ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން ގޮތުގައި މަގުހެދުމުގެ މަޝްރޫއުގެދަށުން ކުރިން ހެދުމަށް ނިންމާފައިވަނީ 17 މަގު ނަމަވެސް، ރައްޔިތުންގެ އެދުމުގެ މަތިން އިތުރު ދެ މަގެއް ހަދާގޮތަށް ނިންމައި، އެ ދެމަގު ސާވޭކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ޕްރޮޖެކްޓަށް އިތުރުކޮށްފައިވަނީ ހުޅަނގު ސަރަހައްދުގެ ހޮސްޕިޓަލު މަގަށް ނުކުންނަން އޮންނަ ހުރަވީ މަގާއި ނޫރާނީ މަގެވެ.

ރިޔާސީ އިންތިހާބަށް މަހެއްހާ ދުވަހަށް ވެފައި ވަނިކޮށް އިތުރު ދެ މަގެއް ހަދަން ނިންމިއިރު، މުހިއްމު މަގުތަކުގައި ތާރުއަޅަން ރައްޔިތުން ބޭނުންވެގެން ސަރުކާރުގައި އެދިފައިވާތާ މިހާރު އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.

ރަށޫ ކައުންސިލުން ބުނީ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ތާރުއަޅާ މަގުތަކުގެ ޕޭމަންޓާއި ކާބް ޖެހުމުގެ މަސައްކަތް މިހާރު ގާތްގަޑަކަށް ނިމިފައިވާތީ، ލަސްތަކެއްނުވެ ތާރު އެޅުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒް އާއި އެހެނިހެން ބައެއް ސާމާޏު މިހާރުވަނީ މިރަށަށް ގެނެސްފަ އެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް އެއް އަހަރު ދުވަހުން ނިންމާގޮތަށް، މިހާރު އުވާލާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކުރީ 2015 ވަނަ އަހަރު އެވެ. އެ ކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ، މި މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަދުވަސްވީ ފަހުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. މިހާރު މިމަސައްކަތް ކުރަނީ ހައުސިންގ މިނިސްޓްރީގެ ފަރާތުންނެވެ.

ތާރު އަޅައި މި މަސައްކަތް އެއްކޮށް ނިމޭއިރު ހުންނާނީ މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް އަދި ޓްރެފިކް ނިޝާންތައް ވެސް ކުރަހައިފައި ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. އަބޫ

    ތިޔާ މަސައްކަތް ފެށިތާ މިހާރު 3 އަހަރު ވީއިރު އަދި އެންމެ މަގަކަށްވެސް ނޭޅިގެން އުޅޭއިރު މިދުވަސްވަރާ ދިމާކޮށް ތި ކިޔާ އެއްޗެއް ވަރަށް ސާފު. އަހަރެމެން މިތިބީ ބަލަން.

    ރައްދު
  2. އަބޫ

    ތިޔަ ތާރެއް އަޅަން އުޅޭތާ 3 އަހަރު ވެއްޖެ. އާޚަބަރެއް ނޫން ތިއީކީ. މިދުވަސްވަރާ ދިމާކޮށް ޚަބަރުގެ އާބާތުރަ ފިލުވާލި މަގުސަދު ވަރަށް ސާފު.

    ރައްދު
  3. Ali

    Kurin hedhumah nihmaafa othee 15 magu. Mirashu maguthakakee votege kurin nimenjeheyne maguthakeh. Mihaaru 3 aharuvee mikamehga ulheythaa. Maguthah mihen othumun meehunnashaa dhuhvaa ehchis ah dhanee bodethi gehlun vamun. Miah kiyanee finihaka dhuveleege tharahgee

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.