ވެސްޓް ވިންގްސް “ކަލާ ފެސްޓިވަލް” ވީ ކުޅިވަރުގެ ބޮޑު މަޖާގަނޑަކަށް

ވެސްޓް ވިންގްސް ޖަމިއްޔާއިން އީދު ބަންދާ ދިމާކޮށް މި އަހަރު އަލަށް ބާއްވަން ފެށި “ކަލާ ފެސްޓިވަލް” އިއްޔެ ހަވީރު އޭދަފުށީގައި ކުރިއަށް ދިޔައިރު ބައިވެރިންނަށް އެކަން ވީ ބޮޑު މަޖާގަނޑަކަށެވެ. ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ވެސް ބައިވެރިވި މި ފެސްޓިވަލް ކުރިއަށް ދިޔައިރު މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ވީ ބޮޑު މަޖާ ނެގުމާއި ކުލައިގެ އީދަކަށެވެ.

ހުޅަނގު ސަރަހައްދު ސަންސެޓް ބީޗު ސަރަހައްދުގައި އިއްޔެ ހަވީރު 4:00 އިން 6:30 އަށް ބޭއްވި މި ކަލާ ފެސްޓިވަލުގައި ގިނަ މީހުން ބައިވެރިވި ކަމަށް ވެސްޓް ވިންގްސް އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި އިވެންޓް ވަރަށް ކާމިޔާބު ކަމަށެވެ.

ލައިވް ޑިޖޭއާ އެކު ކުރިއަށް ދިޔަ، ކަލާ ފެސްޓިވަލުގައި ވަނީ ކުލަޖެހުމުގެ ހަރަކާތްތަކުގެ އިތުރުން ތަފާތު ގޭމްތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

މި ހަރަކާތުގައި ބައިވެރިވި ޒުވާން އަންހެން ކުއްޖަކު ބުނީ ކަލާ ފެސްޓިވަލުގެ ކުޅިވަރުގެ ސަބަބުން އެކުވެރިންގެ މެދުގައި އެއްބައިވަންތަކުގެ ރޫހު އާލާވެފައިވާ ކަމަށެވެ. އަދި ރައްޓެހިން އެކުވެގެން މި ފޯރިގަދަ ކުޅިވަރު ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތް ހިތްހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލު ރަށްރަށުގައި މި ކުރިއަށްދާ ފެން ކުޅިއަށް ވުރެ، މި ގޮތަށް ފެސްޓިވަލެއް ގޮތަށް ބޭއްވީމަ މާ ފޯރިގަދަވެފައި ޖޯޝް އެކުލެވޭ. ވަރަށް އުފާވޭ ޒުވާނުންނަށް މަޖާކޮށްލަން ފުރުސަތު ލިބުނީމަ. އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި މިއަށްވުރެ މާ ފޯރިގަދަ ކަންކަން ބާއްވާނެ ކަމަށް،” އުމުރުން 20 އަހަރުގެ އެ ޒުވާނާ ބުންޏެވެ.

ވެސްޓް ވިންގްސް އިން ބުނި ގޮތުގައި އީދު ފާހަގަ ކުރުމަށް އެ ތަނުން ހިންގި ހަރަކާތަށް އެ ޖަމިއްޔާގެ ޒުވާނުންގެ ބޮޑު އެއްބާރުލުމަކާއި ތަރުހީބެއް ވަނީ ލިބިފަ އެވެ. ކުރިއަށް އޮތް އަހަރުތަކުގައި، މިއަށްވުރެ ފެންވަރު ރަނގަޅު އަގުހުރި އިނާމުތަކާއެކު ކަލާ ފެސްޓިވަލް ބާއްވާނެ ކަމުގެ ޔަގީން ކަން އެ ޖަމިއްތާއިން ދިނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.