ރާޅާ އެޅުމުގެ މުބާރާތުން އޭދަފުށީ ކުދިން ރަން ވަނަތަކެއް ހޯދައިފި

ރާޅާ އެޅުމުގެ މުބާރާތުން ވަނަތައް ހާސިލުކުރި ބައިވެރިން

ސޮނެވާފުށީ ރިސޯޓުން އިންތިޒާމުކޮށްގެން ބޭއްވި “ސޮނެވާ ސާފު ޕްރޯ” ބ. އެޓޯލް ސާފިން މުބާރާތުގައި ބައިވެރިވި އޭދަފުށީ ކުދިން ރަން ވަނަތަކެއް ހާސިލްކޮށްފި އެވެ.

ބ. އަތޮޅަށް ހުޅުވާލައިގެން މިއަދު ގޮއިދޫގައި ބޭއްވި މި މުބާރާތުގައި ވެލާސިޓީ ގްރޫޕްގެ ފަރާތުން އޭދަފުށި ތަމްސީލް ކުރީ މުހައްމަދު ސަމާހުއާއި އިބްރާހިމް ޒައިން އާއި މުހައްމަދު ސާމީއާއި މުހައްމަދު ޝާމް އާއި ހުމައިދު އަބްދުﷲ އަދު އަހްމަދު ޖުމާން އެވެ.

މި މުބާރާތުގައި އޭދަފުށީގެ އިތުރުން ގޮއިދޫ އަދި ފެހެންދޫން ބައިވެރިވެފައިވާ އިރު، އޭދަފުށިން ބައިވެރިވި އަހްމަދު ސަމާހު ވަނީ 18 އަހަރުން މަތީ ރާޅާ އެޅުމުގެ ބައިން އެއްވަނަ ހާސިލްކޮށްފަ އެވެ.

މުބާރާތުން އެއްވަނަ ހޯދި ސަމާހު

މީގެ އިތުރުން މި މުބާރާތުގެ ބޮޑީބޯޑިން ކެޓަގަރީން (18 އަހަރުން މަތި) އޭދަފުށީ އިބްރާހިމް ޒައިން އެއްވަނަ ހޯދިއިރު، 18 އަހަރުން ދަށުގެ ބައިން ދެވަނަ ލިބުނީ މުހައްމަދު ސާމީއަށެވެ.

މުބާރާތުގެ ބޮޑީބޯޑިން ކެޓަގަރީން އެއްވަނަ ހޯދި ޒައިން

18 އަހަރުން ދަށުގެ ބައިން ގޮއިދޫގެ އަހްމަދު ޒާއިން އެއްވަނަ ހޯދިއިރު، އެންމެ އުއްމީދީ ރާޅާ އެޅުންތެރިޔާގެ މަގާމު ހޯދީ ފެހެންދޫގެ ހައިޝަމް ލަތީފެވެ.

މުބާރާތުގައި ވާދަކުރި އޭދަފުށީ ކުދިން މި ކާމިޔާބީއާއެކު މިރޭ 7:30 ހާއިރު ރަށަށް އައުމުން ވެލާ ސިޓީ ގްރޫޕުން ވަނީ އެ ކުދިންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ވެލާ ސިޓީން ބުނީ މިއީ މިފަދަ މުބާރާތެއްގައި ބައިވެރިވެ އޭދަފުއްޓަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށާއި ކުރިއަށް އޮތް ތާނގައިވެސް މި ފަދަ މުބާރާތްކުގައި ބައިވެރިވުމުގެ މަގު އެ ގްރޫޕުން ފަހިކޮށްދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.