އޭދަފުށީގައި ގްރާސް ރޫޓްސް ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި

އޭދަފުށީގައި އިއްޔެ ފެށި ފުޓްބޯޅަ އެކަޑަމީގެ ޓްރޭނިން ސެޝަންގެ ތެރެއިން

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުދިންނަށް އޭދަފުށީގައި ފުޓްބޯޅަ އެކަޑަމީއެއް އިއްޔެ ފަށައފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އާއި ކްލަބް އޭދަފުށި ގުޅިގެން އުފެއްދި މި އެކަޑަމީގައި އުމުރުން 6 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ތަމްރީނުކުރާނެ އެވެ.

އޭދަފުށީގައި އިއްޔެ ފެށި ފުޓްބޯޅަ އެކަޑަމީގެ ޓްރޭނިން ސެޝަންގެ ތެރެއިން

އެކަޑަމީގައި ކޯޗުންގެ ގޮތުގައި މަސައްކަތްކުރަނީ އެފްއޭއެމް ގްރާސްރޫޓްސް ކޯޗިން ކޯސް ފުރިހަމަކޮށްފައިވާ ކޯޗުންނެވެ. އިއްޔެ އެކަޑަމީ ރަސްމީކޮށް ފެށީ 60 ކުދިންނާއެކުގަ އެވެ.

އޭދަފުށީގައި އިއްޔެ ފެށި ފުޓްބޯޅަ އެކަޑަމީގެ ޓްރޭނިން ސެޝަންގެ ތެރެއިން

މި އެކަޑަމީގައި ބައިވެރިވާ ކުދިންގެ އަތުން ރަމްޒީ ފީއެއްގެ ގޮތުގައި ނަގަނީ -/200ރ އެވެ. އެކަމަކު މިއީ މާލޭގެ އެކަޑަމީތަކުން ނަގާ ފީ އާ ބަލާއިރު ނިސްބަތުން ވަރަށް ކުޑަ އަދަދެކެވެ.

އެކަޑަމީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވަމުން ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ އެކަޑަމީ ފަށައިގަނެވުނީ ތައުލީމީ މަރުކަޒުގެ ޕީޓީއޭ އާއި ކްލަބް އޭދަފުށި އަދި ސަލްސާ އިންވެސްޓްމަންޓްގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކަމަށެވެ.

“ފުޓްބޯޅައިގެ މުސްތަގްބަލަށް ވަރަށް މުހިންމު ކަމެއް މިއަދު މި ފެށިގެންދިޔައީ. މިކަމުގައި އެހީތެރިވެދެއްވި އަދި އެހީތެރިވަމުންގެންދާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. ޚާއްސަކޮށް ވޮލަންޓިއަކޮށް ކޯޗުކޮށްދޭ ފަރާތްތަކަށާއި ސަލްސާ އާމިރުގެ ފަރާތުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،”

އޭދަފުށީގައި އިއްޔެ ފެށި ފުޓްބޯޅަ އެކަޑަމީގެ ޓްރޭނިން ސެޝަންގެ ތެރެއިން

ބ. އޭދަފުށްޓަށް ވުރެ ފުޓްބޯޅައާ ގުޅުން ބޮޑު ރަށެއް ރާއްޖޭގައި މަދުވާނެ އެވެ. ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނަށް ނެރެދީފި އެވެ. ވަރުގަދަ ފުޓްބޯޅަ ޓީމެއް ނުކުމެ ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފި އެވެ. މީގެ އިތުރުން މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފާސިރު (ސެންޓޭ) އަކީ ވެސް ގައުމީ ޓީމުގައި ކުޅޭ އޭދަފުއްޓަށް އުފަން ކުޅުންތެރިއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.