ތަށި ލިބުމުން އޭދަފުށީގައި އުފާ ފާޅުކުރަނީ

ސާފް ސުޒުކީ ކަޕް 2018ގެ ކާމިޔާބީއަށް ފަހު އޭދަފުށީގައި ޒުވާނުންތަކެއް އުފާ ފާޅުކުރަނީ – އީޓީފޮޓޯ

އިންޑިއާ އަތުން މޮޅުވެ ސަރަހައްދުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިތާ 10 އަހަރު ފަހުން އަނެއްކާވެސް އިންޑިއާގެ މައްޗަށް 2-1 އިން ކުރި ހޯދައި ސާފް ސުޒުކީ ކަޕުގެ ތަށި ލިބުމުން އޭދަފުށީގައި އުފާ ފާޅުކުރަމުން އެބަގެންދެއެވެ.
މެޗު ނިމުމާއެކު އުފާ ފާޅުކުރުމަށް ބޭއްވި ވެހިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ލަވަޖަހައި ނަށާ ހަދާފައިވެ އެވެ.

ސާފް ސުޒުކީ ކަޕް 2018ގެ ކާމިޔާބީއަށް ފަހު އޭދަފުށީގައި ޒުވާނުންތަކެއް އުފާ ފާޅުކުރަނީ – އީޓީފޮޓޯ

އުފާފާޅުކުރަމުްނދިޔަ ޒުވާނަކު ބުނީ މިއީ މުޅި ރާއްޖެއަށް އުފާވެރިކަން ގެނެސްދިން ރެއެއް ކަމަށާއި މި ކާމިޔާބީ އޭދަފުއްޓަށް ވަކިން ޚާއްސަ ކަމަށެވެ.

ސާފް ސުޒުކީ ކަޕް 2018ގެ ކާމިޔާބީއަށް ފަހު އޭދަފުށީގައި ޒުވާނުންތަކެއް އުފާ ފާޅުކުރަނީ – އީޓީފޮޓޯ

“ވަރަށް ވަރަށް އުފާވެއްޖެ. އެންމެ ބޮޑު އުފަލެއްވަނީ މިފަހަރުވެސް ރާއްޖެއަށް ތަށި ލިބުމުގައި އޭދަފުށީ ދަރިންގެ ހިއްސާ ހިމެނޭތީ، ސެންޓޭ އާއި ހަމްޕު އަކީ ހީރޯ އިން،”

ގްރޫޕް ސްޓޭޖުގައި ރާއްޖެ އަތުން 2-0 އިން މޮޅުވި އިންޑިއާގެ މައްޗަށް ރާއްޖޭން މެޗުގެ ކުރީކޮޅު ލީޑު ނެގި އެވެ. މި ލަނޑު 19 ވަނަ މިނެޓުގައި ޖެހީ ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކުން އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އެވެ.
އޭގެ ފަހުން އިންޑިއާގެ އެޓޭކްތައް ހުއްޓުވުމުގައި ރާއްޖޭން ވަނީ ވަރުގަދަ ދިފާއީ ކުޅުމެއް ދައްކައިފަ އެވެ.

ސާފް ސުޒުކީ ކަޕް 2018ގެ ކާމިޔާބީއަށް ފަހު އޭދަފުށީގައި ޒުވާނުންތަކެއް އުފާ ފާޅުކުރަނީ – އީޓީފޮޓޯ

ރާއްޖޭގެ ދެ ވަނަ ގޯލް ފަހު ހާފުގައި ކައުންޓާ އެޓޭކެއްގައި ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. ހަމްޕު ދިން ބޯޅަ އަށް މުޅިން ހުހަށް އަރައި ސެންޓޭ މި ގޯލް ޖެހީ ކުރިއަށް އެރި އިންޑިއާ ކީޕަރަށް އެއްވެސް ފުރުސަތު ނުދީއެވެ.

މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އިންޑިއާ އިން ގޯލެއް ޖެހި ނަމަވެސް ނަތީޖާ ބަދަލުކުރެވޭ ގޮތެއް ނުވި އެވެ.

ސެންޓޭ/ ފޮޓޯ: އިމޭޖަސް.އެމްވީ

ހަމްޕު/ ފޮޓޯ: އިމޭޖަސް.އެމްވީ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.