އޭދަފުށީގައި އަލަށް ހަދާ މިސްކިތުގެ ބިންގާ އަޅައިފި

އޭދަފުށީގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ ތޯރިގް އަބްދުއްރަހްމާން

އޭދަފުށީގައި އަލަށް އިމާރާތް ކުރާ މިސްކިތެއްގެ ބިންގާ މިއަދު އަޅައިފި އެވެ.

މި މިސްކިތަކީ ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއެކު މިރަށު ދަނާލުގެ ދެކުނުން އޮތް ހުސްބިމުގައި އިމާރާތްކުރާ މިސްކިތެކެވެ.

އޭދަފުށީގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ ތޯރިގް އަބްދުއްރަހްމާން

އެ ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ މިސްކިތުގެ ބިންގާ އަޅުއްވާ ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި ކޮންޓްރެކްޓަރުގެ ފަރާތުން ހަސަން ހަބީބު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ޒަމާނީ ފެންވަރަށް މި މިސްކިތް އިމާރާތް ކުރާނީ މިހާރު ވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި މިފަދަ މިސްކިތްތައް އިމާރާތްކުރާ ފަރާތަކުން ކަމަށެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ، އެ ސަރަހައްދުގެ ބިން ސާފުކުރުމަށްފަހު، މިސްކިތް އިމާރާތް ކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭދަފުށީގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ ތޯރިގް އަބްދުއްރަހްމާން

“މިއީ ރަށުގެ އުމުރާނީ ތަރައްގީއަށް ކުރެވިގެންދާ ވަރަށްބޮޑު މަސައްކަތެއް. ހަމައެކަނި މިސްކިތެއް ނޫން ބިނާކުރެވޭނީ. މީގެ ސަބަބުން އިތުރު ވަޒީފާތަކެއް ވެސް އުފެދިގެން މިދަނީ،”

ޒިޔާދު ވިދާޅުވި ގޮތުގައި މިރަށުގެ ވިޔަފާރިވެރިންނާ ގުޅިގެން ރަށުގެ ބަނދަރުސަރަހައްދުގައި ހުރި (މަސްޖިދުލް ޔޫސުފް) މިސްކިތް ވެސް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. އަދި މިއަދު ބިންގާ އެޅި މިސްކިތުގެ މަސައްކަތް ނިމުމާއެކު އެ މިސްކިތުގެ މަސައްކަތް ވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭދަފުށީގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ ތޯރިގް އަބްދުއްރަހްމާން

މީގެ އިތުރުން މިރަށު އިރުމަތީ ސަރަހައްދު އަންހެނުންގެ ނަމާދުގެ، ފިރިހެނުން ނަމާދުކުރާ މިސްކިތަކަށް ބަދަލުކުރުމުގެ ކަންތައްވެސް އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.