އޭދަފުށީ ޒުވާނުންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ކުޅިވަރުކުޅޭ ސަމާނުތަކެއް ހަދިޔާކުރައްވައިފި އެވެ.
އޭދަފުށީ ޒުވާނުންގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން އެވެ.
އާދިލް ހަދިޔާކުރެއްވި ކުޅިވަރު ސާމާނުގެ ތެރޭގައި ފުޓްބޯޅަ، ބަށި ކުޅޭ ސާމާނު، ބެޑްމިންޓަން ކުޅޭ ސާމާނު، އަދި ނެޓްބޯޅަ ހިމެނެ އެވެ. އަދި ފުޓްބޯޅަ ދަނޑާއި ވޮލީ ކޯޓުގައި ދިއްލުމަށް ބޭނުން ކުރާ 28 ލެޑްލައިޓްވެސް ވަނީ ހަދިޔާކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ރައީސް ތޮލާލު ވަނީ އޭދަފުށީ ޒުވާނުންނަށް ބޭނުންވާ މިފަދަ ސާމާނު ކޮޅެއް ހަދިޔާ ކުރެއްވިކަމަށް ޓަކައި އާދިލް މޫސާއަށް ޝުކުރު އަދާކުރައްވާފައެވެ.
“އާދިލުއަކީ އޭދަފުށީ ކައުންސިލާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެއް. ރަށުގެ ކުރިއެރުމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ވެސް އާދިލުގެ ފަންނީ އެހީތެރިކަމާއި އެހެނިހެން ގޮތްގޮތުން ލިބޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަން,،”