ލައިވް: ބައެއް ވޯޓްފޮށިތަކުގެ ނަތީޖާ އިއުލާން ކުރަން ފަށައިފި

ހޮސްޕިޓަލުގައި ބެހެއްޓި ވޯޓްފޮށީގެ ނަތީޖާ:
ޔާމީން: 360
އިބޫ: 192
ބާތިލް: 9

ހޮސްޕިޓަލުގައި ބެހެއްޓި ވޯޓްފޮށީގެ ނަތީޖާ:
ޔާމީން: 360
އިބޫ: 192
ބާތިލް: 9

ބ. އަތޮޅު ތައުލީމީ މަރުކަޒު ވޯޓްފޮށީގެ ނަތީޖާ:
ޔާމީން: 258
އިބޫ: 228
ބާތިލް: 8

ކިހަވައް ވިލާސް ރިސޯޓްގެ ނަތީޖާ:
ޔާމީން: 27
އިބޫ: 82
ބާތިލް: 2

ފެހެންދޫ ވޯޓްފޮށީގެ ނަތީޖާ:
ޔާމީން: 59
އިބޫ: 68
ބާތިލް: 3

20:18 ބައެއް ވޯޓްފޮށި ތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށައިފި

ރޯޔަލް އައިލެންޑް ރިސޯޓްގެ ނަތީޖާ:
ޔާމީން: 35
އިބޫ: 84
ބާތިލް: 3

19:44 ވޯޓްފޮށިތައް ގުނަން ފަށައިފި

19:15 އޭދަފުށީގައި ބެހެއްޓި ތިން ފޮށި ވެސް ބަންދުކޮށްފި. ވޯޓުލުން ދިޔައީ އޮމާންކޮށް. ވޯޓުފޮށި ގުނަން ވަރަށް އަވަހަށް ފަށާނެ.

17:15 އޭދަފުށީގައި މިހާރު ވޯޓު ލާނެ ބަޔަކު ނެތި، ފޮށިތައް ކައިރި ވަނީ ފަޅުވެފައި. ވޯޓު ލުން ވަނީ ގާތްގަނޑަކަށް ނިމިފައި. މިހާތަނަށް 1530 މީހުންވަނީ ވޯޓްލާފައި.

ބ. އަތޮޅު ހޮސްޕިޓަލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށް މީހަކު ވޯޓު ލަނީ

16:00 ރިޔާސީ އިންތިހާބުގެ ވޯޓު ލުން މިރޭ 7 އާ ހަމައަށް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި.

14:30 އޭދަފުށިން ވޯޓް ލުމުގެ ހައްގު ލިބިފައިވާ 1786 މީހުންގެ ތެރެއިން 1196 މީހުން ވޯޓު ލައިފި.

މަލްޓިޕާޕަސް ހޯލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ކައިރީގައި ކިޔޫ ހަދާފައި
ހޮސްޕިޓަލު ސެމިނާ ރޫމުގައިބަހައްޓާފައި ހުރި ވޯޓު ފޮށި ކައިރީގައި ކިޔޫ ހަދާފައި

12:23 ރޯޔަލް އައިލެންޑް ރިސޯޓުގައި ވޯޓުލާންޖެހޭ 131 މީހުންގެ ތެރެއިން މިހާތަނަށް 90 އަށް ވުރެ ގިނަ މީހުން މީހުން ވޯޓްލައިފި

12:15 މެންދުރު ބާރަ ޖެހުމާ ހަމައަށް އޭދަފުށީގައި ބަހައްޓާފައިވާ 3 ވޯޓް ފޮއްޓަށް 744 އަށް ވުރެ ގިނަ މީހުން ވޯޓްލައިފި. މިރަށުގައި ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 1786 މީހުން. މިއަތޮޅުގެ ހުރިހާ ހިސާބެއްގައި ވެސް ވޯޓް ލުން ކުރިއަށް ދަނީ މާ ބޮޑު މައްސަލަތަކެއް ދިމާ ނުވެ.

10:23 އޭދަފުށީގައި ބަހައްޓާފައި ހުރި ތިން ވޯޓް ފޮއްޓަށް ދިހައެއް ޖެހުމާ ހަމއަށް 341 މީހުން މިހާރު ވޯޓްލައިފި.

ރޯޔަލް އައިލެންޑް ރިސޯޓްގަިއ ވޯތްލުން ކުރިއަށްދަނީ

9:00 ގިނަ ބަޔަކު މިހާރު ވޯޓްލާން ގޮސް ކިޔޫގައި އެބަތިބި

8:30 ތައުލީމީ މަރުކަޒު ވޯޓްފޮއްޓަށާއި ހޮސްޕިޓަލުގައި ބަހައްޓާފައިހުރި ވޯޓްފޮއްޓަށް ވޯޓްލާން ގޮސް ކިޔުގައި ތިބި ބައެއް މީހުން އަވީގައި ތިބެން ޖެހުމުގެ ސަބަބުން ތިބީ ހިތްހަމަނުޖެހިފައި.

ހޮސްޕިޓަލުގަިއ ހުރި ވޯޓްފޮއްޓަށް ވޯޓްލާން ގޮސްތިބި ބަޔަކު ކިޔުގަިއ މަޑޫކޮށްލައިގެން. އަވީގައި ތިބެންޖެހުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ހިތްހަމަ ނުޖެހިފައި

“މިހެން ތިބެ ބޮލަށް އެނބުރުން އަރަން ފަށައިފި، އެމީހުނަށް ފެނިގެން ވެސް ވެއްޖެތާ އަހަރަމެން ހިޔަލުގަިއ ތިއްބަން. މިތާ ހިޔާ އޮތް ތަންވެސް އެބައޮތް،” ހިތް ހަމަނުޖެހި ހުރެ އަންހެނަކު ބުންޏެވެ.

8:15 އޭދަފުށީގައި ބަހައްޓާފައިވާ ތިން ފޮއްޓަށް ވޯޓު ލުމަށް ގިނަ އިން ގޮސް ތިބީ އުމުރުން ދުވަސްވީ މީހުންނާއި ދެބައި އުމުރުގެ މީހުން. ޒުވާނުންނާއި އަންހެނުން ވަރަށް މަދު

8:13 އޭދަފުށީގައި ބަހައްޓާފައިހުރި ތިން ފޮއްޓަށްވެސް ވޯޓްލާން ފަށައިފި

7:40 މިފަހަރުގެ އިންތިހާބުގައި ވެސް ވޯޓްލުމަށް އޭދަފުށީގައި އޭދަފުށީގައި ތިން ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެގޮތުން އެއް ނަންބަރު ވޯޓްފޮށި ބަހައްޓާފައި ވަނީ މިރަށު މަލްޓި ޕާޕޯސް ހޯލު ގަ އެވެ. ދެ ނަންބަރު ވޯޓްފޮށި ބަހައްޓާފައި ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އަދި މިރަށުގައި ބަހައްޓާފައިވާ ތިން ނަންބަރު ވޯޓްފޮށި ބަހައްޓާފައި ވަނީ ބ. އަތޮޅުހޮސްޕިޓަލުގަ އެވެ.

7:00 | އެތައް ދުވަހުގެ އުންމީދަށް ފަހު ރިޔާސީ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި މިއަދު ހެނދުނު 8:00 ގައި ފަށާނެ އެވެ. މިރަށުގައި ވޯޓު ފޮށިތައް ބަހައްޓާފައިހުރި ސަރަހައްދުތަކުގައި މިހާރު ވެސް ވޯޓުލާން މީހުން ގޮސް އެބަތިބި.

މި އިންތިހާބުގައި ވޯޓުލުމަށް ރޭ ދަންވަރު ބާރަޖެހި އިރު މިއަތޮޅު ކިހާދޫގައި ވަނީ ކިޔު ޖެހިފައި. ކިއުގައި ޖެހުނު މީހުން ބުނީ ހިތާދޫ ވޯޓު ފޮއްޓަށް ލާ އެންމެ ފުރަތަމަ ވޯޓަކީ އިބޫއަށްދޭ ވޯޓަކަށް ހަދަން ބޭނުންވާތީ ރޭކިއުއި ޖެހުނީ ކަމަށް.

އަޅުގަނޑުމެންގެ މި ނޫހަކީ ހަމައެކަނި ބ. އަތޮޅަށް އަމާޒުކޮށް ނެރޭ ނޫހަކަށްވާތީ. އަޅުގަނޑުމެންގެ ނޫސްވެރިން ބ. އަތޮޅުގައި މި އިންތިހާބު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދާނެ. އެގޮތުން އީޓީގެ ނިއުސް ޓީމު ހަރަކާތްތެރިވަމުންދާނީ ބ. އަތޮޅު ޚާއްސަކޮށް އޭދަފުށީގައި ވޯޓު ލުމުގެ ހަރަކާތްތަކާއި ރަށުތެރޭގެ ހާލަތާއި ވޯޓުގެ ނަތީޖާ ވަގުތުން ވަގުތުން ތިޔަ ކިޔުންތެރިންނަށް ގެނެސްދިނުމަށް.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.