މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި އޭދަފުށިގައި ބެހެއްޓި 3 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ އިއުލާނު ކުރިއިރު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ކުރި ހޯއްދަވައިފި އެވެ.
މިރަށުގަ ބެހެއްޓި ހުރިހާ ވޯޓު ފޮށިތަކެއްގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ރައީސް ޔާމީނަށް ލިބިފައިވަނީ 911 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 57.8 އިންސައްތައެވެ.
އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އަށް އޭދަފުށިން ލިބިފައިވަނީ 665 ވޯޓެވެ. އެއީ ޖުމްލަ ވޯޓު ދިން މީހުންގެ 42.2 އިންސައްތަ އެވެ.
އޭދަފުށީގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 1786 މީހުންގެ ތެރެއިން މިއަދުގެ ވޯޓުގައި ބައިވެރިވެފައިވަނީ 1606 މީހުންނެވެ. ބާތިލު ވޯޓުގެ ގޮތުގައި 30 ވޯޓު ހިމެނެއެވެ.