ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ހިމާޔަތްކޮށްފައިވާ ބ. މެންދޫއަށް ގަވައިދާ ޚިލާފަށް ގޮސްއުޅުނު ބަޔަކު އަތުލައިގެންފި އެވެ.
ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނިގޮތުގައި އެމީހުން އަތުލައިގަތީ މިރޭ އިރާކޮޅު އާއްމުންގެ ފަރާތުން ލިބުނު ރިޕޯޓަކާގުޅިގެން ފުލުހުންނާއެކު ހިންގި އޮޕަރޭޝަނެއްގަ އެވެ.
މެންދޫ ބަލަހައްޓަމުން އަންނަނީ ވަކި ޕްލޭނެއްގެ ދަށުން ބަޔޯސްފިޔާ ރިޒާވްގެ އޮފީހުންނެވެ. އަދި ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ އެރަށް ގޮސް ނޫޅެވެ އެވެ.