ޓީޗަރުންގެ ދުވަހު ހަދިޔާ ނުދޭން ބ. އަތޮޅު ތައުލީމީ މަރުކަޒުން އެދިއްޖެ

މިދިޔަ އަހަރު ޓީޗަރުންގެ ދުވަހު ދަރިވަރުން ޓީޗަރުންނަށް މަރުހަބާ ކިޔަނީ– ފައިލްފޮޓޯ

ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންނަށް ހަދިޔާ ނުދިނުމަށް އެ މަރުކަޒުން އެދިއްޖެއެވެ.

އެމަރުކަޒުން އާއްމުކޮށްފައިވާ އެންގުމެއްގައި ވަނީ ޓީޗަރުންގެ ދުވަހު ބެލެނިވެރިންނާއި، ދަރިވަރުންގެ ފަރާތުން ޓީޗަރުންނަށް ހަދިޔާ ދިނުމަކީ އެ ސްކޫލުން ތަރުހީބުދޭ ކަމަކަށް ނުވާތީ، ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޓީޗަރުންނަށް ހަދިޔާ ދިނުމަކީ އެދޭ ކަމެއް ނޫން ކަމަށެވެ.

މިދިޔަ އަހަރުވެސް ޓީޗަރުންގެ ދުވަހު ހަދިޔާ ނުދޭން އެ ސްކޫލުން ވަނީ އެދިފަ އެވެ.

ޓީޗަރުންގެ ދުވަހު ހަދިޔާ ދިނުމަށް އެ ސްކޫލުގެ މެނޭޖްމަންޓުން ތަރުހީބު ނުދެނީ އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް އުފެދެމުންދާތީ އާއި، އެކަމުގެ ނޭދެވޭ އަސަރު ބެލެނިވެރިންނާ، ދަރިވަރުންނަށް އަދި ޓީޗަރުންނަށްވެސް ކުރާތީކަމަށް އެ ސްކޫލުން ބުނެއެވެ.

އަދި މިކަން ސަގާފަތަކަށް ބަދަލުވެ، މިކަމުގެ ސަބަބުން ބެލެނިވެރިންނާ، ދަރިވަރުންގެ ތެރޭގައި ވާދަވެރި ރޫހެއް އާލާވަމުންދާތީ މިކަމަމީ ފަހަކަށް އައިސް އެ ސްކޫލުން ހިތްވަރުދޭ ކަމެއް ނޫން ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.

ނަމަވެސް އަގުބޮޑެތި ހަދިޔާތަކުގެ ބަދަލުގައި ދަރިވަރުންގެ ފަރާތުން މުނާ ސަބަތާގުޅޭ ކާޑެއް ދެވިދާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

ބައިނަލް އަގްވާމީ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނި ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 5 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.