ސޮނެވާ ރާޅާ އެޅުމުގެ ދެވަނަ މުބާރާތް ނ. އަތޮޅުގައި

ސޮނެވާއިން ބ. އަތޮޅުިގިއ ބޭއްވި ރާޅާ އެޅުމުގެ މުބާރާތުގެ ތެރެއިން. ދެވަނަ މުބާރާތް އަންން ހޮނިހިރު ދުވަހު ނ. އަތޮޅުގައި ފަށާނެ

ސޮނެވާ ގްރޫޕުން އިންތިޒާމުކޮށްގެން ބޭއްވާ ރާޅާއެޅުމުގެ މުބާރާތް ދެވަނަ މުބާރާތް އަންނަ ހޮނިހިރު ދުވަހު ނ. އަތޮޅުގައި ބާއްވަން ނިންމައިފި އެވެ.

“ސޮނެވާ ސާފު ޕްރޯ” ނަމުގައި ބާއްވާ މި މުބާރާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ނ. ލޮހީގަ އެވެ. މިއީ އެ އަތޮޅުގައި ބާއްވާ ރާޅާ އެޅުމުގެ ފުރަތަމަ މުބާރާތެވެ.

ރާއްޖޭގައި މަތީ ފަންތީގެ ދެ ރިސޯޓެއް ހިންގަމުން ގެންދާ ތިމާވެއްޓާއި ރަހުމަތެރިކޮށް ރިސޯޓް އޮޕަރޭޓް ކުރާ ސޮނޭވާ ގްރޫޕުން ބުނި ގޮތުގައި ނ އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި އެއަތޮޅުގެ އެކި ރަށްރަށުން 30 ބައިވެރިން ވާދަކުރާނެ އެވެ.

ސޮނެވާ ރާޅާ އެޅުމުގެ ފުރަތަމަ މުބާރާޓް ބާއްވާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ބ. އަތޮޅުގަ އެވެ. އެ މުބާރާތުގައި ވެސް ބާ އަތޮޅުގެ އެކި ރަށްރަށުން 40 އަށްވުރެ ގިނަ ރާޅާއެޅުންތެރިންނާއި ބޮޑީބޯޑަރުން ބައިވެރިވި އެވެ.

ސޮނެވާ ގްރޫޕުން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ބޭނުމަކީ ޒުވާން ރާޅާއެޅުންތެރިން އެކުޅިވަރުގައި ކުރިއަށް ދިއުމަށް ހިތްވަރު ދިނުމެވެ. މީގެ އިތުރުން ރާއްޖެއަކީ ވަށައިގެން މޫދު އޮންނަ ގައުމަކަށްވާއިރު، މޫދު ކުޅިވަރުތަކަށް ދިވެހި ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމަކީވެސް އެ ސޮނެވާއިން މި މުބާރާތް ބޭއްވުމުގެ އެއް އަމާޒެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.