އޭދަފުށީގައި ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮފީހެއް ގާއިމުކުރަނީ

ބ. އޭދަފުށި ހިމެނޭގޮތަށް ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމްކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ ފެށުމަށް އެފްއޭއެމުން ނިންމައިފި އެވެ.

އޭދަފުށީގެ އިތުރުން ޒޯން އޮފީސްތައް ގާއިމްކުރާ ރަށްރަށަކީ ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި ފުވައްމުލަކުގަ އެވެ. ސ. ހިތަދޫގައި ކުރީއްސުރެ ކުރިއަށްގެންދާ ވައިޑީޕީ އާއި އެހެނިހެން ޑިވެލޮޕްމަންޓް މަސައްކަތް ވަކި ކުރިއަށް ގެންދާނެ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވީ މިއީ ފީފާ ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި އެ ސަރަހައްދުތަކުގައި ގްރާސްރޫޓުން ފެށިގެން އިންޓަ ސްކޫލް ލެވެލްގެ ފުޓްބޯޅައިގެ ތަމްރީންތަކާއި މުބާރާތްތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށްގެންދެވޭނެ ކަމަށް ވިދާޅުވި އެވެ

“ކޮންމެ ޒޯނަކަށް އަޅުގަނޑުމެން ހަ ކޯޗުން ހަމަޖައްސައިދޭނަން. އޮފީސް ކުރިއަށްދާނީ ޒޯން ޑިވެލޮޕްމަންޓް އޮފިސަރެއްގެ ބެލުމުގެ ދަށުން،” ސާންތީ ވިދާޅުވި އެވެ. “ހުރިހާ ހިސާބެއްގައި ވެސް އެއް ކަރިކިއުލަމަކަށް ގެންދާނީ.”

އެފްއޭއެމްގެ އަމާޒަކީ މިމަހު ފަހުކޮޅު މި މަސައްކަތުގެ ބޮޑުބައެއް ނިންމައި ރަށްރަށުގައި ރަސްމީކޮށް މަސައްކަތް ފެށުމެވެ. ބައްސާމް ވިދާޅުވީ ފީފާގެ ޕްރޮޖެކްޓުގެ ދަށުން ވިހި ރަށެއްގައި ނެޗުރަލް ގްރާސް ދަނޑު ހެދުމުގެ މަސައްކަތްވެސް ފަށައިގަނެވިފައިވާކަމަށެވެ.

އެފްއޭއެމުން އަންނަނީ 20 ރަށެއްގައި ނެޗުރަލް ގްރާސް ދަނޑުތަކެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ފީފާގެ އެހީގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ޓާގެޓަކީ ކޮންމެ އަހަރަކު 20 ރަށެއްގައި ނެޗުރަލް ގްރާސް ޕިޗްތަކެއް ތައްޔާރުކުރުމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.