ބ. އަތޮޅު ހޮސްޕިޓަލުގެ ހިތާނީ ފެސްޓިވަލް އަންނަ މަހުގެ 23 ގައި

ބ. އަތޮޅު ހޮސްޕިޓަލުން ކޮންމެ އަހަރެއްގެ ވެސް ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް ކުރިއަށް ގެންދާ، ހިތާނީ ފެސްޓިވަލް އަންނަ މަހުގެ 23 ގައި ފަށާ ގޮތަށް ނިންމައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި “ހިތާނީ އުފާ”ގެ ނަމުގައި އަންނަ ނޮވެމްބަރުމަހުގެ 23-30 އަށް އެ ހޮސްޕިޓަލުގައި ބާއްވާ ހިތާނީ ފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

މި ފެސްޓިވަލުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކާކަން ނުޖެހެ އެވެ. ހިތާނު ކުރުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ކުރެ އެވެ.

އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މި ފެސްޓިވަލުގައި ހިތާނު ކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި ހިތާނުކުރުން ކުރިއަށް ދާނީ އޮޕަރޭޝަން ޑޮކްޓަރެއްގެ ބެލުމުގެ ދަށުންނެވެ.

ޗުއްޓީއާ ދިމާކޮށް، ހިތާނުކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމަށް ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އަތޮޅު ހޮސްޕިޓަލުގައި ހިތާނު ކުރުމުގެ ފެސްޓިވަލެއް ބާއްވަ އެވެ. އެގޮތުން ހިތާނީ ފެސްޓިވަލަށް އަތޮޅު ހޮސްޕިޓަލު ވަރަށް ބޮޑަށް ޒީނަތްތެރިކުރެ އެވެ. އަދި ހިތާނުކުރާ ކުދިން އެ ތަނުގައި ބައިތިއްބާ ވަގުތުތަކުގައި ކުދިންނަށް ހަދިޔާ ދިނުމުގެ ފުރުސަތުވެސް އޮންނަނީ ހުޅުވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.