ތަރައްގީގެ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހަދަން ދަސްކޮށްދޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭ ގޮތުން ބ.އަތޮޅުގައި ކުރިއައްދާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން. ފޮޓޯ ކޮޑިކް

ބ.އަތޮޅުގެ ރައްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތަކަށް ޕްރޮޕޯސަލާއި ބަޖެޓް ތައްޔާރުކުރުމާގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

ބ. ކިހާދޫގައިހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) މިދިޔަ ބުދަ ދުވަހު ފެށި މި މަސައްކަތު ބައްދަލުވުމަކީ ޔޫއެންޑީޕީއާއި ކޮމިއުނިޓީ ޑިވެލަޕްމަންޓް އިނީޝިއޭޓިވް (ކޮޑިކް) ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދާ މަސައްކްތު ބައްދަލުވުމެކެވެ.

ކޮޑިކް ޖަމިއްޔާއިން ބުނީ މި މަސައްކަތު ބައްދަލުވުމުގައި ކައުންސިލް ތަކުން ކުރާ މަސައްކަތްތަކަށް ޕްރޮޕޯސަލް ހަދާނެ ގޮތާއި، ބަޖެޓް ތައްޔާރުކޮށް އެކަންކަމަށް ފަންޑް ހޯދާނެ ގޮތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއްދާ މި މަސައްކަތު ބައްދަލުވުމުގައި، މަޢުލޫމާތު ދެނީ ކަމާގުޅުންހުރި ތަޖުރިބާ ކާރުން ބޭފުޅުންނެވެ.

މި މަސައްކަތު ބައްދަލުވުމުގައި 21 މީހުން ބައިވެރިވެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.