ކަމަދޫ ކައުންސިލުގެ ރައީސް އަނެއްކާވެސް ހައްޔަރުކޮށްފި

ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ވެރިކަން ކުރާ ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލަރު އަހުމަދު ސަމީރު ހައްޔަރުކުރި މިއީ ދެވަނަ ފަހަރެވެ. ކުރިން މިދިޔަ އޯގަސްޓްމަހު އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތަކެއްޗާއިވެސް އެއްކޮށްކަމަށް އޭރު މީޑިއާތަކުގައި ރިޕޯޓްކުރިއެވެ.

ނަމަވެސް މިފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތިގެ މައްސަލައެއްގައި ކަމެއް ޔަގީނެއް ނޫނެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ނައިބު ރައީސް އަހުމަދު ސާޖިދުއާއި ހަވާލާދީ ރާއްޖެ އެމްވީގައި ބުނެފައިވާ ގޮތުގައި ސަމީރު ހައްޔަރުކުރުމުގެ ސަބަބުން އެރަށު ކައުންސިލްގެ ހިންގުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ސަމީރު އަންގާރަ ދުވަހު މާލެވަޑައިގެންނެވިއިރު، ކައުންސިލް އިދާރާގެ ތަޅުދަނޑިވެސް އަދި ކައުންސިލްގެ ހިންގުންވެސް ހަވާލުކުރައްވާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

“އެކަމުގެ ސަބަބުން ރައްޔިތުންނަށް ކައުންސިލުން ދޭ ޚިދުމަތްތަކަށް ބުރޫއަރަމުންދޭ. އަދި އެކަން ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ ސަމާލުކަމަށް ވާނީ ގެނެސްފައި،” ސާޖިދު ވިދާޅުވި އެވެ.

ސާޖިދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 3 ޖެހިއިރު ވެސް މުހިއްމު ބޭނުމެއްގައި ކައުންސިލްގެ އިދާރާ ހުޅުވުމަށް ފުލުހުން އެދުނު ކަމަށާއި ނަމަވެސް ކައުންސިލް އިދާރާގެ ތަޅުދަނޑި ނެތުމުން ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ގުޅުމަށް ފުލުހުންނަށް އެންގި ކަމަށެވެ.

ބުރާސްފަތި ދުވަހުގެރޭ މެންދަމު ފުލުހުން ކައުންސިލް އިދާރަ ފާސްކުރަން މަސައްކަތްކުރީ ކޮންކަމަކާއި ގުޅިގެންކަން ނޭނގޭކަމަށް ވެސް ސާޖިދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.