
ބ. އަތޮޅުގައި ހިމެނޭ ދެ ފަޅު ރަށް ކަމަށްވާ ގެމެންދޫ އާއި ދަކަންދޫ 10 އަހަރަށް ވަރުވާއަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މި އަތޮޅު ގެމެންދު އާއި ދަކަންދޫ ވަރުވާ އަށް ދީފައިވަނީ ޅ. ހިންނަވަރު، ކަޝްމީރުގެ، އިބްރާހީމް ރާމީ ކިޔާ މީހަކަށެވެ.
1.18 ހެކްޓަރުގެ ގެމެންދޫ އަކީ ކެންދޫ ކައިރީގައި އޮންނަ ރަށެކެވެ. އަދި އެ ރަށް ކެންދޫ މީހުން ބޭނުންކުރަމުން އައިސްފައިވަނީ ޕިކްނިކް އައިލެންޑެއްގެ ގޮތަށެވެ. މީގެއިތުރުން ވަރުވާއަށް ދޫކޮށްފައިވާ ދަކަންދޫ އަކީ 6.50 ހެކްޓަރުގެ ބޮޑު ފަރެއް އޮންނަ ރަށެކެވެ.
މި ދެ ރަށުގެ އިތުރުންވެސް އިތުރު 24 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ވެސް ވަނީ އިއުލާންކޮށްފައެވެ.
