ކިހާދޫ ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ބ.ކިހާދޫ ކައުންސިލުން ހަދަމުންދާ ކުޑަކުދިންގެ ޕާކް – ފޮޓޯ ޕީއެސްއެމްނިއުސް

ބ. ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ފަށައިފި އެވެ.

ކިހާދޫ ކައުންސިލުގެ ރައީސް އިބްރާހިމް ފަޒީލް ވިދާޅުވީ ޕާކު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކި ފިޔަވަހި ތަކަށް ބަހާލައިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ވަށާފާރު ރޭނުމާއި، ސިމެންތި ޖެހުމާއި، ގޭޓް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ވޯކްވޭގައި ގާ އެތުރުމުގެ މަސައްކަތެވެ.

ކިހާދޫ ކައުންސިލުން ބުނީ ތިންލައްކަ ދިހަހާސް ރުފިޔާ ޚަރަދުކޮށްގެން މިމަސައްކަތް ކިހާދޫ ކައުންސިލުން ކުރަމުންދަނީ އެސްޓިމޭޓް އުސޫލުން އެރަށުގެ އާންމު ރައްޔިތަކާ ޙަވާލުކޮށްގެން ކަމަށެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްމަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ވެސް އެ ރަށު ކައުންސިލުން ބުނެއެވެ.

“މިމަސައްކަތަކީ އެރަށު ކައުންސިލުން އެކުލަވާލި ޕްލޭނަކަށް ކުރެވެމުންދާ މަސައްކަތެއް. މިތަން ތަރައްޤީކުރުމަށް ކައުންސިލްގެ އިތުރުން އަތޮޅުގެ ބައެއް ރިސޯޓްތަކާ ކުންފުނިތަކުގެ އެހީތެރިކަންވެސް ވަނީ ލިބިފަ.” ފަޒީލު ވިދާޅުވި އެވެ.

ކިހާދޫ ކައުންސިލުން ބުނީ ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމުން ކުލަލުމާއި ގަސް އިންދުމުގެ މަސައްކަތް ކުރާނީ ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) ޖަމްއިއްޔާއިން ކަމަށެވެ. މި ޕާކް ޑިޒައިންކޮށްފައިވަނީވެސް ކިޑްސް ޖަމިއްޔާއިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.