އޮޕްޓިކެއާއިން ބުނި ގޮތުގައި މިއަތޮޅަށް ޚާއްސަކޮށްގެން ބާއްވާ މި ކޭމްޕް ފަށާނީ އަންނަ އާދީއްދަ ދުވަހު އޭދަފުށިންނެވެ.
މި ކޭމްޕްގައި ލޯ ޓެސްޓް ކުރުމާއި ނަންބަރު ނެގުމުގެ ޚިދުމަތް މުޅިން ހިލޭ ލިބޭނެ އެވެ. މީގެ އިތުރުން ހެޔޮ އަގުގައި ނަންބަރު އައިނު އަދި ކޮންޓެކްޓް ލެންސް ވެސް ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.
“އޮޕްޓިކެއާ ގެ އަމާޒަކީ މި މެޑިކަލް އައިކޭމްޕް ތަކުގެ ސަބަބުން މާލެ ދުރުވެ، ލޯ ޓެސްޓްކޮށް ނަންބަރު ނެގުމަށް ދަތިވާ ބޭފުޅުންނަށް ލުއި ފަސޭހަކަމެއް ލިބުމެވެ،” އޮޕްޓިކެއާ އިން ބުންޏެވެ.
އޮޕްޓިކެއާ އިން ބުނިގޮތުގައި މި ކޭމްޕް ބާއްވާނީ ކޮންމެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރުގަ އެވެ.
މޫސުން ގޯސްވުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ކަމެއްގެ ސަބަބުން ކޭމްޕްގެ ތާރީޚަށް އެއްވެސް ބަދަލެއް އަންނަ ނަމަ އޮޕްޓިކެއާގެ ފޭސްބުކް ޕޭޖްގައި އިއުލާން ކުރެވޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
މި ކޭމްޕްގައި ޑޮކްޓަރަށް ދައްކަން ބ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ މިއަތޮޅު ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެ އެވެ.