
ބ. އޭދަފުއްޓަށް މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން ބަދަލުކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފުޑް ފެއާ އެއް ބާއްވަން ޖަމިއްޔަތުލް ވަފާއިން ތައްޔާރުވެއްޖެ އެވެ.
ވަފާ ޖަމިއްޔާއިން ބުނިގޮތުގައި “ރަންޔޫބީލް ފުޑް ފެއާ” ނަމުގައި ބާއްވާ މި ފެއާ އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00-6:00 އަށް ފުށީ ފަންނު ޕާކު ސަރަހައްދުގަ އެވެ. މި ފެއާގައި ކުޑަކުދިންނަށް ޚާއްސަ ސްޓޯލްތައްވެސް ކުރިއަށްދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރޭނީ އަންނަ ޑިސެމްބަރު މަހު އެވެ.
ވަފާ ޖަމިއްޔާއިން ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތްތައް ކުޅިވަރު އީދެއްގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ފުރަތަމަ ޓާމުގެ ބަންދުތެރޭގަ އެވެ.
