ފުޅާ ދާއިރާއެއްގައި ކެއިންބުއިމުގެ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ސަލްސާ އިންވެސްޓްމަންޓުން ބ. އޭދަފުށީގައި ހިންގާ ސަލްސާ ރިޓްރީޓް އިން 15 ޕަސެންޓްގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ސަލްސާ އިން ބުނީ “ރިޕަބްލިކް ޑޭ ޕްރޮމޯޝަން” ގެ ނަމުގައި މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ހުރިހާ ބާވަތެއް ބުއިންތަކުން 15 ޕަސެންޓްގެ ޑިސްކައުންޓް ދޭނެ ކަމަށެވެ.
“މިއީ ރިޕަބްލިކް ޑޭ” އާ ގުޅުވައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް، މިމަހުގެ ނިޔަލަށް މި ޕްރޮމޯޝަން ސަލްސާ ރިޓްރިޓްގައި ކުރިއަށްދާނެ،”
ސަލްސާ ރިޓްރިޓަކީ އޭދަފުށީގައި ހުރި އެންމެ ހިތްގައިމު އެއް ރެސްޓޯރަންޓެވެ. އެ ރެސްޓޯރެންޓުން ވެސް މާލޭގައި ހުންނަ ސަލްސާގެ ރެސްޓޯރެންޓްތަކުން ލިބޭ ހިދުމަތްތައް ލިބެން ހުރެއެވެ. އެގޮތުން ބޮޑެތި ހަފްލާތަކަށް ކޭޓަ ކޮށްދިނުމާއި އެފަދަ އިވެންޓްތައް އިންތިޒާމުކޮށްދިނުމުގެ ހިދުމަތްތައް ހިމެނެއެވެ.