ބީއެމްއެލްއިން ތުޅާދޫގައި އޭޓީއެމް ބަހައްޓަނީ


ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) އިން ތިން ރަށެއްގައި އޭޓީއެމް ގާއިމް ކުރަން ނިންމައިފި އެވެ.

ބީއެމްއެލް އިން ނެރެފައިވާ ޓެންޑާ ނޯޓިސްގައިވާ ގޮތުގައި، އޭޓީއެމްތައް ބެހެއްޓުމަށް ބޭނުންވާ އިމާރާތް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައި ވަނީ، ބ. ތުޅާދޫ، ލ. މާވަށް އަދި ރ. އަލިފުށީގަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ރަށްރަށުގައި ވެސް ގާއިމް ކުރަނީ ސެލްފް ސާވިސް ބޭންކިން ސެންޓަރެކެވެ. މި ވައްތަރުގެ އޭޓީއެމްތަކުން ފައިސާ ނެގުމުގެ އިތުރުން، ފައިސާ ޖަމާކޮށް ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.

ބ. އަތޮޅުގައި މިވަގުތު އޭޓީއެމްގެ ހިދުމަތް ލިބެނީ ވެރިރަށް އޭދަފުށީންނާއި ދަރަވަންދޫން އެކަންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ބޭންކްގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމެވެ. އެގޮތުން ބީއެމްއެލްއިން ވަނީ 100 އޭޓީއެމް މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފަ އެވެ.

ބީއެމްއެލްއިން ވަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް
ބޭންކިން ސެންޓަރު، އޭޓީއެމް، ޕީއޯއެސް މާޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިން ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.