ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް) އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވެސް އޭދަފުށީ ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މަޝްހޫރު ވިޔަވާރިވެރިޔާ އަހްމަދު ސަލީމް ވިދާޅުވި އޭނާ މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީ މި ދާއިރާގައި ދެމި ހުންނެވުމަކީ ދާއިރާގެ ގިނަ ބައެއްގެ އެދުމަކަށްވާތީ ކަމަށެވެ. އަދި އުފަންރަށް ހިމެނޭ ދާއިރާއަށް ޚިދުމަތް ކުރުމަކީ ލިބިވަޑައިގަންނަވާ ޚާއްސަ އުފަލެއް ކަމަށާއި މިދާއިރާގެ ރައްޔިތުން ވޭތުވެދިޔަ ދެ ދައުރުގައި ވެސް އޭނާ އިންތިޚާބު ކޮށްފައިވަނީ ދާއިރާ އަށް އެކަށީގެންވާ ޚިދުމަތް ކޮށްދެވިފައިވާތީ ކަމަށް ގަބޫލު ކުރައްވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“އެއީ އަޅުގަނޑަށް އޮތް ހިތް ހަމަޖެހުމަކީ. ދާއިރާގެ ރައްޔިތުން ވޭތުވެދިޔަ ދެ ދައުރުގައިވެސް އަޅުގަނޑުއިންތިޚާބު ކޮށްފައިވަނީ މަޖިލީހުގައާއި މަޖިލީހުން ބޭރުން ވެސް ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ނުވަތަ ޚިދުމަތެއް ކޮށްދެވިއްޖެކަމަށް ގަބޫލު ކުރާތީ ކަމަށް އަޅުގަނޑު ދެކެނީ. އެހެންވެ އަންނަ ދައުރަށްވެސް އަޅުގަނޑުގެ އުފަން ދާއިރާ ޚިޔާރު ކުރީ،” ސަލީމް އީވީ އަށް ވިދާޅުވި އެވެ.
2009 ވަނަ އަހަރުން ފެށިގެން ސަލީމު އަންނަނީ އޭދަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުންނެވެ. ފުރަތަމަ ދައުރުގައި އަމިއްލަ ގޮތުން ވާދަކުރައްވައިގެން ގޮނޑި ކާމިޔާބުކުރެއްވި އިރު މިދިޔަ ދައުރުގައި އޭނާ މަޖިލީހަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓްގަ އެވެ. ނަމަވެސް އަންނަ ދައުރު ސަލީމް ވާދަކުރައްވާނީ ކޮން ޕާޓީއަކުން ކަމެއް އަދި ހާމައެއް ނުކުރެއެވެ.
ސަލީމް އޭދަފުށި ދާއިރާއަށް ކުރިމަތިލުމަށް ނިންމަވާފައިވާ ސިޔާސީ ބޮޑެތި މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ ގާނޫނީ ވަކީލް ހިސާން ހުސައިން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ތުޅާދޫ ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވާފައެވެ.


ސަލީމް ބޮސް