
ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދަރަވަންދޫ ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ ” ބްލޫ ލެގޫން” ނަމަކަށް ކިޔާ ސަފާރީ ދަރަވަންދޫ އިރުމަތީ ފަރާތުގެ ފަރަށްއެރި ކަމުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ. ފަރަށް އެރިއިރު އެ ސަފާރީގައި 13 ފަތުރުވެރިންނާއި 14 ފަޅުވެރިން ތިބިކަމަށް އެމްއެންޑިއެފުން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެ ސަފާރީ ފުން ކުރުމުގެ މަސައްކަތް ސަފާރީގެ ވެރި ފަރާތާއި ކޯސްޓް ގާޑު ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.
