2018: ބ. އަތޮޅު ތައުލީމީ މަރުކަޒަށް ކާމިޔާބު އަހަރެއް!

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ރިޕޯޓު ފޮތް ދިނުމަށް ބޭއްވި ރަސްމިއްޔާތު– ފޮޓޯ: ބ. އަތޮޅު ތައުލީމީ މަރުކަޒު

އާ އަޒުމާއި ލަނޑުދަނޑިތަކާ އެކު ފެށި ދިރާސީ އާ އަހަރު މިއަދު މި ވަނީ ނިމިފަ އެވެ. އެކި ސްކޫލުތަކުން ހާސިލްކުރަން ބޭނުންވި ލަނޑުދަނޑިތަކާއި މަގުސަދުތައް އެކި މިންވަރަށް ހާސިލް ވީއިރު އަނެއް ބައި ސްކޫލްތައް ވަރަށް ކާމިޔާބެވެ.

އަހަރުގެ ފަހު ސެމިސްޓާގެ ރިޕޯޓު ފޮތް ދީ ސްކޫލުތައް ބަންދުވެ، ރާއްޖޭގެ ބޮޑު ޗުއްޓީ މި އޮތީ ފެށިފަ އެވެ. އެކަމަކު މުޅި އަހަރު ކުރި ބުރަ މަސައްކަތްތަކާ މެދު އަލުން ބަލައިލުމަކީ، ބައެއް ޕްރިންސިޕަލުންނަށް އުފަލެކެވެ.

ބ. އޭދަފުށީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު ރަފީއު ވިދާޅުވީ މިއަހަރަކީ ވެސް އެ ސްކޫލަށް ތައުލީމީ ގޮތުން ކާމިޔާބު އަހަރެއް ކަމަށާއި ކަނޑައެޅި އަމާޒަށް ވާސިލްވުމުން ބޮޑު ހިތްހަމަޖެހުމަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ޓެބްލެޓާއެކު ފޮޓޯއަކަށް ހުއްޓިގެން

800 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލުން ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުގައި ހޯދާ ނަތީޖާ ރަނގަޅުކުރަން ވަކިވަކި މާއްދާތަކަށް ހާއްސަކޮށްގެން ޕްރޮގްރާމްތައް ހިންގި އެވެ. އަދި ޓީޗަރުންގެ ފެންވަރު މަތިކުރަން ޕްރެފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުތައް ވެސް ހިންގި އެވެ.

އޭގެ އިތުރުން ޓީޗަރުން ސްކޫލު ޑިޓިލައިޒް ޕްރޮގްރާމުގެ ދަށުން ޓެބްލެޓްތައް ބޭނުންކުރުމުގެ ކުރިން ޓީޗަރުން ކުރު މުއްދަތުގެ ކޯހެއް ފުރިހަމަކޮށް އެ ބޭނުންކުރާނެ ގޮތްތައް ވަނީ ދަސްކޮށްފަ އެވެ.

“މިއީ ތައުލީމީ ގޮތުން މި ސްކޫލަށް ކާމިޔާބު އަހަރެއް. ޓީޗަރުން ވެސް މި ވަނީ ކާމިޔާބު އަހަރަކަށް ހެދުމަށް ބުރަ މަސައްކަތެއް ކޮށްފައި،” 800 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ރިޕޯޓު ފޮތް ދިނުމަށް ބޭއްވި ރަސްމިއްޔާތު– ފޮޓޯ: ބ. އަތޮޅު ތައުލީމީ މަރުކަޒު

ރާއްޖޭގެ ހުރިހާ ސްކޫލެއްގައިހެން މިއަދު ދަރިވަރުންނަށް ރިޕޯޓް ފޮތް ދީފައި ވާއިރު ދެން އަލުން ކިޔެވުން ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ 13 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.