ބ. އަތޮޅު ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް ފަށައިފި

ހިތާނީ ކޭމްޕަށް އަތޮޅު ހޮސްޕިޓަލް ޒީނަތްތެރިކޮށްފައި. މިއަދު ހެނދުނު ވަނީ ހިތާނީ ކޭމްޕް ފަށާފައި

ބ. އަތޮޅަށް ހުޅުވާލައިގެން އަތޮޅު ހޮސްޕިޓަލުން ބާއްވާ މި އަހަރުގެ ހިތާނީ ކޭމްޕް މިއަދު ފަށައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި “ހިތާނީ އުފާ” ގެ ނަމުގައި މިއަދު ހެނދުނު ފެށި އެ ކޭމްޕްގައި 27 ކުދިން ހިތާނު ކުރަން ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

“މިއަހަރު މުޅި އަތޮޅުން 27 ކުއްޖަކު މި ކޭމްޕަގައި ހިތާނުކުރަން ވަނީ ނަންނޯޓް ކޮށްފައި. މިއަދު 4 ކުދިން މިވަނީ ހިތާނަކޮށްފައި. ކޭމްޕް މިމަހު 30ގެ ނިޔަލަށް ކުރިއަށްދާނެ،” އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި ގޮތުގައި ހިތާނު ކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި ހިތާނުކުރުން ކުރިއަށް ދާނީ އެކަމަށް ހާއްސަ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ކަމަށެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ހިތާނު ކުރުމަށް ހިނގާ ހުރިހާ ޚަރަދުތައް ބަލަހައްޓަނީ އާސަންދައިންނެވެ. އަދި ހިތާނުކުރާ ކުދިން އެ ތަނުގައި ބައިތިއްބާ ވަގުތުތަކުގައި ކުދިންނަށް ހަދިޔާ ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އަތޮޅު ހޮސްޕިޓަލުން ބުނެ އެވެ.

ޗުއްޓީއާ ދިމާކޮށް، ހިތާނުކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމަށް ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އަތޮޅު ހޮސްޕިޓަލުގައި ހިތާނު ކުރުމުގެ ފެސްޓިވަލެއް ބާއްވަ އެވެ. އެގޮތުން ހިތާނީ ފެސްޓިވަލަށް އަތޮޅު ހޮސްޕިޓަލުވަރަށް ބޮޑަށް ޒީނަތްތެރިކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.