
މާލޭގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ އޭދަފުށީ ބެޑްމިންޓަން ޓީމުން ދެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. އެއީ ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަނުންނާއި އަތޮޅު ލީގުންނެވެ.
ކްލަބް އޭދަފުށި ދެވަނަ ޑިވިޝަނުން ސެމީ ފައިނަލަށް ދިޔައީ ރޭ ގޯޅި ސްޕޯޓްސްއާ ވާދަކޮށް 3-2 މޮޅުވެގެންނެވެ. މި މުބާރާތުގެ ފުރަތަމަ މެޗު ކްލަބް ސްޓެޓިކް އާ ވާދަކޮށް އޭދަފުށި ކާމިޔާބުކުރީ 5-0 އިންނެވެ. ކްލަބް ސްޓެޓިކް އަކީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަނުންނެވެ.
އަތޮޅު ލީގުގެ ސެމީން ޖާގަ ހޯދީ ދެވަނަ މެޗުގައި ނިއު ސްޓާގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުން އަލްހަދީދު ބަލިކުރީ ސީދާ 5 ސެޓުންނެވެ.
ދެ މުބާރާތުގެ ސެމީ ފައިނަލު މެޗުތައް އޮންނާނީ މާދަމާ އެވެ. ސެމީ ފައިނަލު މެޗުތަކުގައި އޭދަފުށީ ޓީމަށް ސަޕޯޓް ކުރުމަށް މާލޭގައި ދިރިއުޅޭ އޭދަފުށީގެ ވީހާވެސް ގިނަ ބަޔަކު ކުޅިވަރު އެކުވެންޏަށް ދިއުމަކީ އެ ޓީމުގެ ވަރަށްބޮޑު އެދުމެކެވެ.
