
ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނާއި ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެން ޓީމު އިވެންޓްގެ ޗެމްޕިއަންކަން ކްލަބް އޭދަފުށިން ހޯދައިފި އެވެ.
މިރޭ ކުޅުނު އަތޮޅު ލީގުގެ ފައިނަލުގައި ކްލަބް އޭދަފުށި ވާދަކުރީ އައްޑޫ ބީޑީސީއާ އެވެ. އޭދަފުށި މޮޅުވީ ފުރަތަމަ ތިން މެޗުން މޮޅުވެގެންނެވެ. މިއީ އޭދަފުށިން މި މުބާރާތް ކާމިޔާބުކުރި 5 ވަނަ ފަހަރެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓު ބައިން ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ ފައިނަލްގައި ސީދާ 3 މެޗުން މިރޭ ގޯޅި ސްޕޯޓްސް ބަލިކުރުމަށް ފަހު އެވެ.
މި މުބާރާތުގައި މާދަމާ އިން ފެށިގެން ކުރިއަށް ދާނީ އޯޕަން އިވެންޓުގެ ކުޅުމެވެ. އޯޕަން އިވެންޓް ގައިވެސް އޭދަފުށީ ޓީމުގެ ބައެއް ކުޅުންތެރިން ވާދަކުރާނެ އެވެ.
