
ފޯރިގަދަ ކުޅުމަކަށް ފަހު ކިހާދޫ ބަލިކޮށްއޭދަފުށިން ދޮންފަނު އިންވިޓޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ދޮންފަނުގައި ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލުގައި 2-0 އިން ކިހާދޫ ބަލުކުރުމަށް ފަހު އެވެ.
މެޗުފަށައިގެން ފުރަތަމަ މިނެޓުގައި އޭދަފުށީ ޓީމުގެ އިބްރާހިމް ޝަރީފު ވަނީ ލީޑު ނަގައިދީފައެވެ. މި ގޯލަށްފަހު ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އޭދަފުށިންލީޑު ފުޅާކުރީ މެޗުގެ 66 ވަނަ މިނެޓުގައި ކިހާދޫގެ އަހުމަދު މިފްޒާލް އަތުންބައިކޮޅަށް ވަން ގޯލުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާ އަދި ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީގެ ހަމްދާން އަބްދުއްސައްތާރު އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ގޮއިދޫގެ ޝިރްހާން އަލީ ހޮވުނުއިރު، މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ދޮންފަނުގެ އަލީ ޝާއިން އެވެ. މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ކިހާދޫގެ ހުސެއިން އީމާން އެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ ކުޑަރިކިލު ޓީމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުފޫލެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އާއި މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭން ބައިވެރިވި އެވެ.
ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަހަރު އަށް ރަށަކުން ވާދަކޮށްފައިވެ އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކްލަބް އޭދަފުށީ ފުޓްބޯޅަ ޓީމަށް “އީޓީ” ގެ ފަރާތުން މަރުހަބާކިޔަމެވެ.
