އުރީދޫން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތައާރަފްކޮށްފި

އުރީދޫ މޯލްޑިވްސްއާއި އެމޭޒަން ޕްރައިމް ވީޑިއޯ ގުޅިގެން ކަސްޓަމަރުންނަށް އާ އަހަރަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް މިރޭ ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ މިރޭ ތައާރަފް ކުރެވިގެންދިޔަ އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތާއެކު އުރީދޫގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން އަޖުމަބެލުމުގެ ގޮތުން މުޅިންހިލޭ ހަތް ދުވަހު ބޭނުންކުރެއްވުމަށްފަހު، ފުރަތަމަ 6 މަހަށް މަހަކު އެންމެ 49 ރުފިޔާގެ ފީއަކަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް ބޭނުންކުރެއްވޭނެ ކަމަށެވެ. ޚިދުމަތް ބޭނުންކުރައްވަން ބޭނުންފުޅު ނުވާނަމަ ކޮންމެ ވަގުތަކުވެސް އުރީދޫ މެދުވެރިކޮށް މި ޚިދުމަތް ކެންސަލް ކުރެވޭނެ އެވެ.  

މީގެއިތުރުން ޕްރައިމް ވީޑިއޯ މެމްބަޝިޕް ޚިދުމަތް ބޭނުންކުރެއްވުމަށް 5ޖީބީގެ ޑޭޓާއާއެކު މަހަކު އެންމެ 191 ރުފިޔާގެ އޮފަރ އެއްވެސް އުރީދޫގެ ކަސްޓަމަރުންނަށް ލިބޭނެކަމަށް އުރީދޫން ބުންޏެވެ.  

މި ޚިދުމަތް އެކްޓިވޭޓްކުރެއްވުމަށް މައިއުރީދޫ އެޕް، ވެބްސައިޓް އަދި ސުޕަނެޓް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އެވެ.

“ޑިޖިޓަލް އިންގިލާބާއިއެކު އަޅުގަނޑުމެން މުނިފޫހިފިލުވާ ގޮތްތަކާއި ވަޞީލަތްތައް މިއަދު މިވަނީ މުޅިން ބަދަލުވެފައި. ޓީވީޝޯތަކާއި ފިލްމު އަދި މިއުޒިކާއި އިތުރު އެހެނިހެން މުނިފޫހިފިލުވުމުގެ ވަޞީލަތްތައް ބޭނުންކުރުމަށް އިންޓަނެޓް އިޚްތިޔާރުކުރާ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެމޭޒަން އާއި ގުޅިގެން މިއަދު މި ތަޢާރަފްކުރެވުނު ޕްރައިމް ވީޑިއޯގެ ޚިދުމަތުން މުނިފޫހި ފިލުވުމަށް މަގުފަހިވެ އިތުރަށް ފަސޭހަވެގެންދާނެ.” އުރީދޫން ބުންޏެވެ.

އެމޭޒަން ޕްރައިމް ވީޑިއޯއަކީ މަޝްހޫރު ފިލްމުތަކާއި ޓީވީ އެޕިސޯޑްތައް އަދި އެތަކެއް އެވޯޑް ލިބިފައިވާ ޕްރައިމް އޮރިޖިނަލްފަދަ މުނިފޫހިފިލުވަދޭ ކޮންޓެންޓް އެކުލެވިފައިވާ އޮން-ޑިމާންޑް ވީޑިއޯ ޚިދުމަތެކެވެ. ކޮންމެތާކު ހުރެގެން ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު ސްޓްރީމްކޮށް ޑައުންލޯޑްކޮށްލުމުގެ މަގުފަހިވެގެންދާ މިޚިދުމަތުގައި ހިމެނޭ ވީޑިއޯތަކުގެ ތެރޭގައި ޓޮމް ކްލެންސީސް ޖެކް ރިޔަން، ދަ މާވެލަސް މިސިޒް މެއިޒަލް، ދަމޭން އިންދަ ހައި ކާސްލް، ހޯމްކަމިންގ، ދަ ގްރޭންޑް ޓުއަރ ފަދަ ސީރީޒްތައް ހިމެނެއެވެ. ޕްރައިމް ވީޑިއޯ ބެއްލެވުމަށް އައިއޯއެސް އަދި އެންޑްރޮއިޑް ފޯނާއި ޓެބްލެޓް މެދުވެރިކޮށް ޕްރައިމް ވީޑިއޯ އެޕް ބޭނުންކުރައްވައިގެން، ނުވަތަ ސްމާޓް ޓީވީ އަދި ގޭމިންގ ކޮންސޯލް މެދުވެރިކޮށް primevideo.com އަށް ޒިޔާރަތް ކުރައްވައިގެންވެސް މި ޚިދުމަތް ބޭނުންކުރެއްވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.