
މިނިސްޓްރީ އޮފް އެންވަޔަރަމެންޓުން އިސްނަގައިގެން އަންނަ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި ގްރޭޑު އެކެއްގައި ކިޔަވާ ދަރިވަރުންނަށް ރީޔޫސަބަލް ފެންފުޅި ބަހަން ނިންމައިފި އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ ފެންފުޅި ބެހުމުގެ ޕްރޮގްރާމް އަންނަ ބުރާސްފަތީގައި އިފްތިތާހު ކުރާނެ ކަމަށާއި ކިޔެވުން ފެށޭ އިރު ހުރިހާ ސްކޫލުތަކަށް ވެސް ފެންފުޅި ބަހާ ނިންމާނެ ކަމަށެވެ.
އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ޔުނިސެފް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން ސްކޫލު ދަރިވަރުންނަށް ބަހާނީ ބީއެފްއޭ ފްރީ ފެންފުޅި އެވެ.
މީގެ އަމާޒަކީ އެންވަޔަރަމެންޓް މިނިސްޓްރީން ބުނިގޮތުގައި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް އަދި ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމެވެ.
ރާއްޖޭގެ ސްކޫލުތަކުގައި އެއް ފަހަރު ބޭނުން ކޮށް އުކައިލާ ޕްލާސްޓިކް ބޭނުން ކުރުން މިއަހަރުގެ މާޗު މަހުން ފެށިގެން ވަނީ ހުއްޓާލައިފަ އެވެ.
