ވަތަނިއްޔާ އިން “ރީޗާޖް އެންޑް ވިން”ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

l_32469271

ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްއިން ޕްރީޕެއިޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ “ރީޗާޖް އެންޑް ވިން”ގެ ނަމުގައި ކޮންމެ ހަފްތާ އެކު ސޮނީ ބްރާވިއާ ޓީވީއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވަތަނިއްޔާ އިން ބުނީ، ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕްރީޕެއިންޑް ބޯރޯޑް ބޭންޑް ކަސްޓަމަރުން މަދުވެގެން 200 ރުފިޔާގެ ހަރަދު ކުރައްވައިގެން ގުރުއަތުގައި ބައިވެރިވެ ކޮންމެ ހަފްތާއެކު ހޮވާލެވޭ އެއް ކަސްޓަމަރަކަށް 40 އިންޗީގެ ސޮނީ ބްރާވިއާ ޓީވިއެއް ލިބުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 22 އިން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިއަލަށެވެ.

ވަތަނިއްޔާ އިން ވަނީ މިރަމަޟާން މަހަށް ހާއްސަ ގިނަ ޕްރޮމޯޝަންތަކެއް ކުރިޔަށް ގެންދެ އެވެ. އޭގެ ތެރޭގައި “ކޯލް އެންޑް ވިން” ޕްރޮމޯޝަންއަކީ ވަތނިއްޔާ ޕްރީޕެއިންޑް އަދި ޕޯސްޓްޕެއިންޑް ކަސްޓަމަރުން 50 ރުފިޔާ ލޯކަލް ކޯލަށް ހޭދަކުރައްވައިގެން 300000 ރުފިޔާ އަށް ވުރެ އަގު ހުރި އެތައް އިނާމެއް ލިބުމުގެ ފުރުސަތު ގުރުއަތުން ލިބޭނެ ކަމަށެވެ. އަދި އިނާމުތަކުގެ ތެރޭގައި އެކްސްޒޯނުގެ ފަރާތުން މުޅިއަކު 140000 ރުފިޔާގެ އަގުހުރި ޔަމަހާ ޖުޕިޓާ ދެ ސައިކަލާއި އަލޯރާގެ ފަރާތުން 50000 ރުފިޔާގެ ިފްޓް ވޯޗާ އެއް ލިބޭނެ ކަމަށް ވެސް ވަތަނިއްޔާ އިން ބުނެ އެވެ.

މީގެ އިތުރުން ކޮންމެ ހަފްތާ އެކު ހޮވާލެވޭ ދެ ކަސްޓަމަރުންނަށް ރީފްސައިޑްގެ ފަރާތުން ހުށައަޅާފައިވާ މުޅިއަކު 120000 ރުފިޔާގެ އަގު ހުރި ސޮނީ އެކްޕީރިއާ ޒެޑް ފޯނުވެސް ލިބޭނެ ކަމަށް ވަތަނިއްޔާ އިން ބުނެ އެވެ.

ވަތަނިއްޔާ އިން ބުނީ، ރަމަޟާންމަހުގެ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ހޯދުމަށް 9612345 ހިލޭ ގުޅުއްވައިގެންނާއި އެކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.