ބ.އަތޮޅު އޭދަފުށީ ގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މިސްކިތެއް ތެރެއަށް ވަދެއްޖެ އެވެ.
އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 10:35 ހާއިރު ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ މިރަށު ބަނދަރު މަތީގައި ހުންނަ މަސްޖިދުއް ޔޫސުފް މިސްކިތު ފާރުގައި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ޑްރައިވަރާއެކު އިތުރު މީހަކު އިނެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް ކާރުގެ ކުރީ ކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.






