
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ހޮވުމަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދާ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
މިއަދުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް އެމްޑީޕީން ނިންމާފައިވަނީ މިއަދު މެންދުރު 2:30 އިން ފެށިގެން މިރޭ 8:30 ޖެހުމާއި ހަމައަށެވެ.
މި ޕްރައިމަރީގައި އޭދަފުށީ ދާއިރާއަށް 3 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ އަހްމަދު އާރިފް (އާއްޓެ) އާއި ޔޫސުފް ގާސިމް (ހިތާދޫ) އާއި މަބްރޫކް ނަސީރެވެ.
އޭދަފުށީ ދާއިރާގައި ވޮތްލުން ކުރިއަށްދަނީ ރަށްރަށުގެ ސްކޫލުތަކުގަ އެވެ.
މާލޭގައި ބަހައްޓާފައިހުރި ވޯޓްފޮށިތަކުގެ ތެރެއިން މިއަތޮޅު ދާއިރާތަކުގެ ވޯޓުލުން ކުރިއަށްދަނީ އިމާދުއްދީން ސްކޫލްގަ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މުޅި ރާއްޖޭގައި 270 ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. މި އިންތިހާބުގައި 279 ކެންޑިޑޭޓުން ވާދަ ކުރައްވާއިރު އެކި ދާއިރާތަކުން ޕްރައިމަރީގައި ޖުމްލަ 86،091 މީހަކަށް ވޯޓް ލެވޭނެ އެވެ.
