ވަޖީހު އަނެއްކާވެސް އޭދަފުށީ ދާއިރާއަށް ވާދަކުރައްވަނީ

މުހައްމަދު ވަޖީހު

2009 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި އޭދަފުށީ ދާއިރާއަށް ވާދަކުރެއްވި  މުހައްމަދު ވަޖީހް އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަނެއްކާވެސް އޭދަފުށީ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

ވަޖީހު “އީޓީ” އަށް ވިދާޅުވީ އޭދަފުށީ ދާއިރާއަށް ކުރިމަތިލާން ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

“މިފަހަރު ރައްޔިތުންގެ ކެންޑިޑޭޓެއްގެ ގޮތުގައި ބޭނުންވަނީ. އެހެން ގޮތަކަށްވެސް ބަދަލުވުން އެކަށީގެންވޭ،” އަހްމަދިއްޔާ އިންޓަނޭޥަނަލް ސްކޫލުގެ ސީނިއާ ލީޑިން ޓީޗަރުގެ މަގާމު ފުރުއްވަމުން އަންނަ ވަޖީހު ވިދާޅުވި އެވެ.

“އެ ފަހަރު ސަލީމަށް ތާއީދު ކުރީ 2019 ގައި ސަލީމް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެ، 2019 ގައި ވަޖީހަށް ތާއީދުކޮށް ދެއްވާނެކަމަށް ވިދާޅުވެފައިވާތީ. އަދި 2019 ގައި ކުރިމަތި ނުލައްވާނެ ކަމަށް އޭދަފުށި ރައްޔިތުންގެ ކުރިމަތީގައި ސަލީމް ވިދާޅުވެފައިވާތީ،

2009 ވަނަ އަހަރު އެމްޑީޕީ ޓިކެޓްގައި މަޖިލިސް ދާއިރާއަށް ކުރިމަތިލެއްވި ވަޖީހު 2014 ވަނަ އަހަރު ވަނީ މިހާރު އެ ގޮނޑި ފުރުއްވަމުން ގެންދަވާ އަދި އަންނަ ދައުރުވެސް މަޖިލީހަށް ކުރިމަތިލާން ނިންމާފައިވާ އަހްމަދު ސަލީމަށް ތާއީދުކުރައްވާފަ އެވެ.

“އެ ފަހަރު ސަލީމަށް ތާއީދު ކުރީ 2019 ގައި ސަލީމް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެ، 2019 ގައި ވަޖީހަށް ތާއީދުކޮށް ދެއްވާނެކަމަށް ވިދާޅުވެފައިވާތީ. އަދި 2019 ގައި ކުރިމަތި ނުލައްވާނެ ކަމަށް އޭދަފުށި ރައްޔިތުންގެ ކުރިމަތީގައި ސަލީމް ވިދާޅުވެފައިވާތީ،”

ވަޖީހު އާއި ސަލީމުގެ އިތުރުން އެމްޑީޕީ ޓިކެޓްގައި ލޮޓަސްގެ ވެރިޔާ މުހައްމަދު އާރިފް (އާއްޓެ) ވެސް އޭދަފުށީ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފައެވެ. އަދި އޭދަފުށީގައި ފުޓްބޯޅައިގައި ނަން މަޝްހޫރު އަބްދުލް މަޖީދު އިބްރާހީމް (ކެޕްޓަން މަޖިއްޓޭ) އާއި ދޭދަރުގޭ ޔޫސުފް މޫސާ (ޔޫސޭ) ވެސް އޭދަފުށީ ދާއިރާއަށް ވާދަކުރައްވާނެކަން ވަނީ އިއުލާން ކޮށްފަ އެވެ.

އެހެންވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.