ބ. އަތޮޅު ހޮސްޕިޓަލް މިއަހަރު އިތުރަށް ތަރައްގީ ކުރެވޭނެ: އަބްދުﷲ އަމީން

ލެބޯޓްރީ އާއި އެހެން އިތުރު ވަސީލަތްތަކާއެކު ބ. އަތޮޅުހޮސްޕިޓަލު މިއަހަރު އިތުރަށް ތަރައްގީ ކުރެވޭނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި ބަލިފަތުރާ ޖަނަވާރާއި މަދިރި އާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް ނިންމުމަށް މިއަދު އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ބަޖެޓުގައި ފައިސާ ނެތަސް ރައްޔިތުންނަށް ބޭނުންވާ ސިއްހީ ފަރުވާ ހޯދޭނެގޮތް ހަމަޖައްސަން ޖެހޭ ކަމަށެވެ.

“އޭދަފުށީ ހޮސްޕިޓަލަށް ބޭނުންވާ ލެބޯޓަރީ އަދި އެހެނިހެން ވަސީލަތްތަށް މިއަހަރު ފޯރުކޮށް އިތުރަށް ތަރައްގީ ކުރާނެ، ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަކީ ބޮނޑު ޒިންމާއަކަށް ވިޔަސް، ބަޖެޓުގައި ފައިސާ ނެތަސް މިއީ ނުކޮށް ދޫކޮށްލެވޭވަރުގެ ކަމެއް ނޫން،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބ. އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުމުން، އެކަމުގެ ފައިދާ ލިބިގެންދާނީ ހަމައެކަނި އޭދަފުށިގައި އުޅޭ މީހުނަށް ނޫންކަމަށާއި، ޗުއްޓީއަށް މިރަށަށް އަންނަ އެހެން ރަށްރަށުގެ މީހުނަށްވެސް ފައިދާކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މުޅި ރާއްޖޭގައި މަދިރި، މީދާ އަދި ވާ މަދުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމަށް ސިއްޙީ ދާއިރާގެ މުވައްޒަފުން އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށެވެ. އެގޮތުން މިކަމަށް ތަމްރީނު ކުރި މީހުން މިކަމުގައި އިސްދައުރެއް އަދާކޮށް ރައްޔިތުން މިކަމަށް ހޭލުންތެރިކުރުވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.