ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭ ލެވެލަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އޭލެވެލަށް ކިޔަވަން ބޭނުންވާ ދަރިވަރުން އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެ އެވެ.
އެ ސްކޫލުގެ އޭ ލެވަލް އަށް ވަދެވޭނީ، އެސްއެސްސީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމުން ފާސްވުމާއެކު، އޯލެވެލްގެ ތިން މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށެވެ. އޭގެ ތެރޭގައި ސްޓްރީމް ދެ މާއްދާ ހިމެނެން ޖެހެއެވެ.
އެ ސްކޫލުގައި މިއަހަރު އޭލެވެލް އަށް ފުރުސަތު ހުޅުވާލާފައިވަނީ ސައިންސް އާއި ބިޒްނަސްގެ މާއްދާތަކެވެ.
އަތޮޅު ތެރޭގައި ފުރަތަމަ އޭލެވެލް އަށް ކިޔަވައިދޭން ފެށި ސްކޫލުތަކުގެ ތެރޭގައި ހިމެނޭ އެ ސްކޫލުގައި އޭލެވެލުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ސްކޯލަޝިޕްތަކެއް ދަނީ ދެމުންނެވެ.
އެ ސްކޫލުން ބުނިގޮތުގައި އޭލެވެލް ކްލާސްތަކުގެ ކިޔެވުން އަންނަ ފެބްރުއަރީމަހު ތެރޭ ފަށާނެ އެވެ.


