މޫދަށްއެރޭ ސަރަހައްދެއް ހެދުމަށް އީއައިއޭ ހަދައިދޭނެ ބަޔަކު ހޯދަނީ

އޭދަފުށީ ދެކުނު ފަރާތު މޫދަށްއެރޭ ސަރަހައްދުގައި ބަޔަކު މޫދަށްއެރެނީ–

ބ. އޭދަފުށީ ދެކުނު ފަރާތުގައި މޫދަށްއެރޭ ސަރަހައްދެއް ހެދުމަށްޓަކައި އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން އޭދަފުށީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައިވާ ގޮތުން، އޭދަފުށީ ދެކުނު ފަރާތުގައި މޫދަށްއެރޭ ސަރަހައްދެއް ތަރައްގީ ކުރުމަށްޓަކައި އީއައިއޭ ހަދަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު މައުލޫމާތު ސާފުކުރަން ޖެހެ އެވެ. އަދި މި މަހުގެ 17 ގައި އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ކަމަށް ވެސް އިއުލާންގައި ވެ އެވެ.

ރަށު ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ އީއައިއޭ ރިޕޯޓް ނިމުމުން މޫދަށްއެރޭނެ ސަރަހައްދު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މިރަށު މީހުން މިހާރު އާއްމުކޮށް މޫދަށްއެރި އުޅެނީ ރަށުގެ ދެ ސަރަހައްދެއްގައި އާއްމުންގެ މަދު ބަޔަކު ބޮޑު ހިލަތައްމަތިން ސިޑިއެއް ބަހައްޓާފައި މޫދަށް އެރެވޭގޮތަށް ހަދާފައިވާ ދެ ތަނަކަށެވެ. މި ސަރަހައްދުތަކަށް މޫދަށްއެރެންދާ މީހުން ދުވަހަށް ދުވަހަށް އިތުރުވަމުން އަންނައިރު، މިކަމަށް ރައްކާތެރި ހާއްސަ ސަރަހައްދެއް މިރަށުގައި ގާއިމުކުރެވިފައި އޮތުން ވަރަށް މުހިންމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.