
ބ. އޭދަފުށީގައި ފެނަކަ އިން ހިންގާ އިންޖީނުގޭގެ މެނޭޖަރު އަހްމަދު އަންވަރު ކުއްލި ގޮތަކަށް ވަޒީފާއިން ސަސްޕެންޑް ކޮށްފި އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އަންނަވަރު ވަޒީފާއިން ސަސްޕެންޑްކުރިކަން އޭނާއަށް އެންގީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އަންވަރު މިއަދު އޮފީހަށް ނުނިކުންނަވަ އެވެ.
ފެނަކަ ހެޑް އޮފީހުން ބުނީ މިދުވަސްވަރު އެ ކުންފުނީގެ މުވައްޒަފުންތަކެއް ސަސްޕެންޑް ކުރެވިފައިވާ ނަމަ އެކަން ކުރީ މަސައްކަތަށް އިހުމާލުވެ ކުންފުންޏަށާއި ހިދުމަތަށް ބުރޫއަރާގޮތަށް އަމަލު ކޮށްފައިވާތީ ކަމަށެވެ.
އަނެއްކޮޅުން އަންވަރު ސަސްޕެންޑް ކޮށްފައި މިވަނީ އޭދަފުށީގައި ހުންނަ ސަރުކާރުގެ ބައެއް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ޚާއްސަކޮށް ފެނަކައިގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުން ހުއްޓާލުމަށް މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ގޮވާލައްވާފައިވެސް ވަނިކޮށެވެ.
ސަލީމް ވިދާޅުވީ އެގޮތުން ވަޒީފާ ގެއްލޭ ކޮންމެ މީހަކަށްވެސް އެއަށްވުރެ ބޮޑު މުސާރައާއެކު ވަޒީފާ ދޭން ތައްޔާރު އެނާ ތައްޔާރަށް ހުންނެވި ކަމަށެވެ.
1996 ވަނަ އަހަރުން ފެށިގެން އޭދަފުށި އިންޖީނުގޭގެ މެނޭޖަރެއްގެ މަގާމްގައި ހުންނެވި އަންވަރުވަނީ 2009 ވަނަ އަހަރު އިންޖީނުގޭގެ ވަޒީފާއިން ވަކިވެސް ކޮށްފައެވެ. ނަމަވެސް ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ، އޭނާއަށް އަލުން ވަޒީފާ ދެއްވީ 2012 ވަނައަހަރުގެ ތެރޭގައެވެ. ނަމަވެސް އެވަޒީފާ އާ ހަވާލުވުމަށް އެރަށަށް ދިއުމުގެ ކުރިން ވަޒީފާ އަނބުރާ ރުޖޫއަ ކުރިއެވެ.

ވަގެއް ތީ ބޮޑު! ހުސް ވައްކަން ކޮއްގެން ކައި ބޮއެ ހެދީ މިއޮށް ހާ ދުވަހު!
ވަޒީފާގެ ބިރުވެރިކަން ނައްޓާލާށޭ ކީމަ މަވެސް ވޯތު ދިނީ. ދެން އިރާދަކުރެއްވިއްޔާ ތިޔަ ބައިމީހުންގެ މަޅީގަ ނުޖެހޭނަނަ.
ކަނޑާލީމަ މަށްސަލަޔަކަ ވީ ޖަރީމާ ިހިންގީމަ އޯކޭ
ބާ އޭދަފުށީ ނިޔަމި ޓުރޭޑާސް ނަމުގައި އަތޮޅު ތެރެޔަށް ފޮނުވި ކޭބަލްތަކަށް ބިލު ފޮނުވި މައަސަލަތަށް ބަލާ ތަހުގީގު ކުރަން ޖެހޭ އަންވަރު ވަނީ މިކަމަށް ވެސް އިހުމާލު ވެފަ.ނިޔަމި ޓުޜޭޑާސް އަކީ ކޭބަލު ވިއްކާ ފިހާރައެއް ނޫކަން ރަށު ރައްޔިތުންނަ އެގޭ ހަގީގަތް މިހުރީ އަންވަރު މެން ހިންގާފަ ހުރި ޖަރީމާ އަންވަރުމެން ގޭގަ މަޑުކުރަން ބުނީމަ ސަރުކާރު ގޯސްވީ ހިންގާފަ ހުރި ޖަރީމާ އިންތިހާޔަށް ރައަތްޔިތުން ގެ ލާރިޔައް އިހުމާލުވެފަ ވާ މިންވަރު ކަޑާލީމަ ގޯސްވީ އެހެން މީހުން