އޭދަފުށީ މަގުހެދުމުގެ މަސައްކަތް ނިންމާނެ ބަޔަކު ހޯދަނީ

މިދިޔަ ސަރުކާރުން ފަށާފައިވާ އޭދަފުށީ މަގު ހެދުމުގެ މަސައްކަތް ނިންމާނެ ބަޔަކު ހޯދަން، ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

މި މަސައްކަތް މިހާރު ހުއްޓިފައި އޮންނަތާ ފަސް މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މަސައްކަތް ހުއްޓުނުއިރު، މަޝްރޫއުގެ ބޮޑުބައެއްވަނީ ނިމިފަ އެވެ.

އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ބުނީ، ޕްލޭނިން އެންޑް އިންފްރާކްޗާ މިނިސްޓްރީންގެ އެދުމުގެ މަތިން އޭދަފުށި، ރ. އުނގޫފާރު، ރ. ދުވާފަރު، ތ. މަޑިފުށި، ލ. ފޮނަދޫ، ޏ. ފުވައްމުލައް، އަދި ސ. ހުޅުމީދޫގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށާއި އެ މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފައިވާ ކަމަށެވެ.

މި މަސައްކަތައް ޝަރުތު ހަމަވާ ފަރާތެއް ހޯދުމަށް ހަމަޖެހިފައިވަނީ، އިންޓަނޭޝަލް ކޮމްޕެޓެޓިވް ބިޑިން (އައިސީބީ) ގެ އުސޫލުގެ މަތިން ކަމަށް ފިނޭސް މިނިސްޓްރީން ނެރުނު އިއުލާންގައި ބުނެފައިވެއެވެ.

އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް 33 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކުރީގެ އެމްއާރުޑީސީ އާ ދެމެދު އެއްބަސްވެ ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫންމަހު އެވެ.  އެ ކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ، މި މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަދުވަސްވީ ފަހުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.