ބ. ހިތާދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މިނިސްޓްރީން ބުނީ ހިތާދޫގެ ހިމެނޭގޮތަށް އިތުރު ހަތް ރަށެއްގައި ފެނައި ނަރުދަމާ ގާއިމުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.
ފިނޭންސުން ބުނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ.
މި މަސައްކަތްތަކާ ބެހޭ އެންމެހައި ލިޔެކިޔުންތަކުގެ ސޮފްޓްކޮޕީ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.
ފިނޭންސުން ބުނީ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.